އިސްލާމް ދީނުގަ ސާބިތުވެ ހިފެހެއްޓުމަކީ އަނގުރު އަލިފާނުގަ ހިފެހެއްޓުން ފަދަ ކަމަކަށް ވާނެ ދުވަސް އަންނާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އިސްލާމް ދީނުގަ ސާބިތުވެ ހިފެހެއްޓުމަކީ އަނގުރު އަލިފާނުގަ ހިފެހެއްޓުން ފަދަ ކަމަކަށް ވާނެ ދުވަސް އަންނާނެ!: ޙަދީޘް

އިސްލާމް ދީނުގައި ސާބިތުވެ ހިފެހެއްޓުމަކީ އަނގުރު އަލިފާނުގައި ހިފެހެއްޓުން ފަދަ ކަމަކަށް ވާނެ ދުވަސް އަންނާނެ ކަމަށް ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވި ދުވަސް މިއަދު މިވަނީ މުސްލިމުންނާއި ބައްދަލުކޮށްފައެވެ. 

Prophet Mohammad (ﷺ) said,

"There will come a time when holding on to your religion will be like holding burning coal."

Sunan At-Tirmidhi 2260 

އިސްލާމް ދީނުގައި ސާބިތުކަމާއިއެކު ހިފަހައްޓަން މަސައްކަތްކުރާ މުސްލިމުންނަށް ތަފާތު ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. ސިޔާސީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ވެސް ފިއްތުންތައް ގެންދަނީ ކުރިމަތިކުރުވަމުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޖަމާއަތްތަކުން ގެންދަނީ ތަފާތު މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.  

މީގެ އިތުރުން އިސްލާމީ މުޖުތމައުތައް ކަމަށް ބުނާ ބައެއް މުޖުތަމައުތަކުންވެސް ގެންދަނީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިކުރުވަމުންނެވެ. މައްސލަތައް ކުރިމަތި ނުވަނީ ކޮން ދިމާއަކުންކަންވެސް ބުނަން ނުއެނގޭ މިންވަރަށް މައްސަލަތައް މިވަނީ ގިނަވެފައެވެ.  

މީސްތަކުންނޭވެ! ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ކެތްތެރިވާށެވެ! އިސްލާމް ދީނުގައި އެންމެ ފުރިހަމަ ގޮތުގައި ސާބިތުވާށެވެ! މިޒަމާނެވެ ކިޔައިގެން ދައްކާ ވާހަކަތކުގެ އަޑު ނުއަހާށެވެ! ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ވަކި ޒަމާނަކަށް ނޫނެވެ. އެ އާޔަތެއް ބާވައިލެއްވެވި ދުވަހުން ފެށިގެން ދުނިޔެ ނިމެންދެން އެ އާޔަތަކަށް ޢަމަލުކުރުމަށެވެ.

މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވުމެވެ. އެމީހުން ބޭނުންވާ ބައަކަށް އަމަލު ނުކޮށް ދޫކޮށްލާފައި އެމީހަކު އަމަލުކުރަން ބޭނުންވާ ބައަކަށް އަމަލުކރުމަކީ އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި ފުރިހަމައަށް ސާބިތުވެއްޖެ މީހަކަށް ނޫނީ މިދުނިޔެވެސް އަދި އާޚިރަތެއްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ!  

ފަހުޒަމާނުގައި އިސްލާމް ދީނުގައި ސާބިތުވެއްޖެ މީހަކަށް 50 ޞަހާބީންގެ ދަރަޖަ ލިބޭނެކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މިދުވަސް އަންނާނެތީއެވެ. ކުރިއަށް އޮތްތަނުގައި މުޞިބާތްތައް ދާނީ ވެސް އިތުރުވަމުންނެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ! ސަލާމަތްކަން ލިބެން އޮތީ އެގޮތުގައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން