ޝަމީމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ މިރޭ ބާރައިގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފަފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޝަމީމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ މިރޭ ބާރައިގެ ކުރިން ހުށަހެޅުމަށް ހުޅުވާލާފަފި

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމާ ގުޅޭ އާންމުންގެ ޝަކުވާއެއް އޮތް ނަމަ މިރޭ 12:20 ގެ ކުރިން ހުށަހެޅުމަށް ޖުޑީޝިއަރީ ކޮމިޓީން ހުޅުވާލާފަފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރުމުގެ އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މަޖިލީހަށް ޝަމީމްގެ ނަން ހުށަހެޅުމާ އެކު މިމައްސަލަ ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ އަށެވެ.

ޖުޑީޝިއަރީ ކޮމިޓީން ވަނީ ޝަމީމާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނމަ މިރޭ މެންދަމު 12:20ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ޝަމީމް ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު މަގާމުގެ ނުފޫޒުން، މައްސަލައެއްގައި ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު ވަނީ ހުށަހަޅާފައެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ތުހުމަތުކުރަނީ ރާއްޖެ އަށް އެތެރެކުރުން މަނާ ބުދެއް އެތެރެކުރި އަންހެނެއްގެ މައްސަލައިގެ ހެކި ހުއްޓާ ދައުވާ ނުކުރަން އޭރު ޑެޕިއުޓީ ޕީޖީއަކަށް ހުންނެވި ޝަމީމް ނިންމެވި ކަމަށެވެ.

 

 

 

 

މިއަދު އޮންލައިން