ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސްއަށް މަޖިލީހުން ރުހުން ދީފިއެވެ.
އެ 3 ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ކުރިންވެސް ނިންމައިފައެވެ.
އަޙްމަދު ޤައިސް އަކީ ގދ ތިނަދޫގައި ހިންގާ އެމްޑީޕީގެ ޙަރަކާތްތަކުގައި ބައިވެރިވަމުން އަންނަ އަދި އެމްޑީޕީގެ ޓިކެޓުގައި ގދ އަތޮޅު ކައިންސިލަށްވެސް ލުރިން އިނތިޚާބުވެފައިވާ މެންބަރެކެވެ.