ތެދުވެރިކަން ގެއްލި ވައްކަން ޢާންމުވުމާ ނާޤާބިލު މީހުން މަޤާމުތަކަށް އިސްކުރުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތެދުވެރިކަން ގެއްލި ވައްކަން ޢާންމުވުމާ ނާޤާބިލު މީހުން މަޤާމުތަކަށް އިސްކުރުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް!

މުސްލިމް ބައެއް ޤައުމުތަކުގައި ވެރިކަމާއި އިސް މަޤާމުތަކަށް މީހުން ޢައްޔަނުކުރަނީ ހަސަބާއި ނަސަބަށް ބަލައިގެންނެވެ. ވަކި ޢާއިލާއަކަށް ނިޞްބަތްވީތީއެވެ. އަނެއްބައި ޤައުމުތަކުގައި މަތީ މަޤާމުތައް ލިބެނީ ސިޔާސީ އެކްޓިވިސްޓުންނަށް ވުމުންނެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަވުމުންނެވެ. ޢިލްމީ އަދި ޤާބިލު ކަމަށް ބަލައިގެނެއް ނޫނެވެ.

މި ޙަދީޘްފުޅުން މިއީ އަންނާނެ ދުވަހެއްކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! މިޙަދީޘްފުޅުގައިވާ ފަދައިން ތެދުވެރިކަން މިހާރުވެސް މިވަނީ ގެއްލިފައެވެ. ތެދުވެރިކަން ގެއްލިގެންދާނީ ޤާބިލް ނޫން ބައެއްގެ އަތްމައްޗަށް ބާރުތައް އެރުމުންކަން މި ޙަދީޘްފުޅުން ވަރަށް ސާފެވެ.  

ބައެއް ދައުލަތްތަކުގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީ ފައުޅުކަން ބޮޑު ގޮތެއްގައެވެ. ވެރިން ކުރަން ބޭނުން ކޮންމެ ޚަރަދެއް ކުރަމުން ގެންދަނީ ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ. އެހެނީ ވެރިންވެސް އެމީހުންގެ ބޭނުންތައް ފުއްދަން ޖެހޭނީ އެމީހުންގެ މުސާރައިންނެވެ. ދައުލަތުން އެމީހަކަށް ލިބޭ މުސާރަ ނުވަތަ އުޖޫރަ ފިޔަވައި ދައުލަތުގެ މާލިއްޔަތުގައި ހުންނަ ފައިސާއަކީ ވެރި މީހާ ވެސް ހިމެނޭ ގޮތުން ރައްޔިތުންގެ މެދުގައި ހަމަހަމަ ފައިސާއެވެ.  

ކިތަންމެ ގިނަ ޤާނޫނުތައް ފާސްކޮށްގެން ތަފާތު ނަންނަމުގައި ދައުލަތުގެ ފައިސާ ބޭނުންކުރަމުން ގެންދިއަ ނަމަވެސް މިބަޔާންކުރި އުޞޫލުން މެނުވީ ރައީސް ނަމަވެސް ވަލިއްޔުލްއަމްރު ނަމަވެސް އެއްވެސް ޚަރަދެއް ނުކުރެވޭނެކަން ރަސޫލް (ޞޢވ) އާއި 4 ޚަލީފާއިންގެ ސިޔަރަތުން އެނގިގެންދެއެވެ. 

 

 

މިއަދު އޮންލައިން