ކައު އިތުރު ރަސޫލާ މުހައްމަދު (ޞޢވ) މުސްލިމުންގެ މިސާލު ދައްކަވާފައިވަނީ ކަދުރު ރުކެއްފަދައިންނެވެ.
"ގަހެއްވެއެވެ. އެ ގަހުން ފަތެއް ނުފައިބާނެއެވެ. އަދި މުސްލިމެއް ފަދައެވެ. އެ ގަހަކީ ކޮބައިތޯ" ރަސޫލް (ޞޢވ) ޞަހާބީންނާއި ސުވާލު ކުރެއްވެވިއެވެ. އެގަހަކީ ކޮބައިކަން ބަޔާންކޮށްދެއްވެވުމަށް ރަސޫލް (ޞޢވ) ޞަޙާބީންގެ އަރިއަހުން އެދުމުން ޙަދީޘްފުޅު ކުރެއްވެވީ އެއީ ކަދުރު ރުކެއް ކަމަށެވެ.

މިޙަދީޘްފުޅާއިމެދު އަހަރެން ބުނާނީ އެނގިގެންދަނީ މުސްލިމުންނަކީ އެމީހުންގެ އުނދަގޫ އެއްވެސް ވަރަކަށް އެހެން މީހުންނަށް ފޯރައިގެން ވާނެ ބައެއް ނޫން ކަމާއި މުސްލިމުންގެ ކިބައިން އެހެން މީހުންނަށް ކުރަން ޖެހޭނީ ފައިދާކަން ބަޔާން ކުރައްވަވާފަދައިވާ ކަމަށެވެ. އެހެނީ ގަހުން ފަތް ނުފައިބާނަމަ ކުނިއެޅި ހަދިއެއް ނުވާނެއެވެ. ކުނިކަހާކަށްވެސް ނުޖެހޭނެއެވެ. ކަދުރު އެޅުމުން ކާން ލިބި އެއިގެ ފައިދާ އެންމެންނަށްވެސް ކުރާނެއެވެ.
މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން މީސްތަކުން ސަލާމަތްވެގެންވާ މީހާކަމަށް އޮތް ޙަދީޘްފުޅަކީވެސް މި ބަޔާންކުރި ބަހަށް ބާރުލިބޭ ޙަދީޘްފުޅެކެވެ. ވީމާ މުސްލިމަކަށްވުމަށްޓަކައި މި ބަޔާންކުރި ކަންކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން