ރައީސުލްޖުމްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުން ބޭނުންވެއްޖެނަމަ ކޮންމެ މީހަކުވެސްމަޤާމުން ވަކިކުރެވެއެވެ. ވަކި ނުކުރެވޭ ހަމަ އެކަކުވެސް ނެތެވެ. ނަމަވެސް މަޖިލިސް މެންބަރަކު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް ވަކިކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް އަޚްލާޤީ ގޮތުން ހައިވާނުންގެ ދަރަޖައަށް ވެއްޓުނު ނަމަވެސް ވއްކަންކޮށްގެން ޖަލަށްލީ ނަމަވެސް މެންބަރުކަން ގެއްލޭނެ އެއްވެސް ގޮތެއް ނެތެވެ.
ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ އާއިއެކު ވެރިކަމަށް ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވެއެވެ. ދާއިރާގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން ވަކިކުރެވެއެވެ. މަޖިލިސް މެންބަރުން ހޮވަން ވޯޓުދިނީ ވެސް ހަމަ ދާއިރާގެ ރައްޔިތުންނެވެ. ނަމަވެސް މެންބަރު ވަކިކުރެވޭނެ އެއްވެސް ގޮތެއް ހަމަ ނެތެވެ.
މިކަމާއިމެދު ރައްޔިތުން ކަންބޮޑުވުން ފައުޅުކުރަމުން ގެންދާތީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މަޖިލިސް މެންބަރެއްގެ އިތުބާރު އޭނާގެ ދާއިރާގެ ރައްޔިތުންނަށް ގެއްލިއްޖެ ޙާލަތުގައި މެންބަރު ވަކިކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށެވެ.