ދިވެހި ކާފިރުންނަށް! މުސްލިމެއްގެ ވިސްނުން ސައިޒުން ކަދުރު އޮށެއް ނަމަވެސް ވަރަށް ހަރުވާނެ! ހަފައިލަން އުޅުނީމަ ދަތްތައް ދާނީ ބިންދައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިވެހި ކާފިރުންނަށް! މުސްލިމެއްގެ ވިސްނުން ސައިޒުން ކަދުރު އޮށެއް ނަމަވެސް ވަރަށް ހަރުވާނެ! ހަފައިލަން އުޅުނީމަ ދަތްތައް ދާނީ ބިންދައިގެން!


ރަސޫލް (ޞޢވ)ގެ ޙަދީޘްފުލަކާއި ގުޅުވައިގެން މިއަދުނޫހުގައި އިއްޔެ ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން މުރުތައްދުވެގެން އުޅޭ ދިވެހިންގެ ބައަކު ވަރަށް ބޮޑަށް މާޔޫސްވެ ބުނަމުން ދަނީ "އެއީ މުސްލިމުންގެ ވިސްނުން ކަދުރު އޮށަކާއި އެއްވަރުވީމަ" ކަމަށެވެ


މުރުތައްދުންނަށް ނުއެނގުނު ކަމަކީ މުސްލިމެއްގެ ވިސްނުން ކަދުރުއޮށަކާއި ސައިޒުން އެއްވަރުކުރި ނަމަވެސް ކަދުރު އޮށުގެ ހަރުކަމެވެ. ކަދުރު އޮށެއް ހަފާލަން އުޅެފިނަމަ ދަތްތައް ދާނީ ބިންދައިގެން ކަމެވެ. އަދި ދިރުވައިލި ނަމަވެސް ޙަޖަމް ވެސް ނުވާނެ ކަމާއި އޮންނާނީ ހަމަ އޮތް ގޮތަށް ކަމެވެ. އެއްޗެއްގެ ބާރުގަދަކަން ސާބިތުކޮސްދޭނީ އެ އްޗެއްގެ ސައިޒު ނޫން ކަމާއި އެއެއްޗެއްގެ ސާބިތުކަން ކަމެވެ.


ފުރިހަމަ މުސްލިމެއްގެ އީމާންކަން ގުޑުވައިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފިރިއަޢުނުގެ އަނބިކަނބަލުން އާސިޔަތުގެފާނAwi ބިލާލްގެފާނު ފަދަ އެތައް ބޭކަލުންނާއި ކަނބަލުން ވަނީ އެކަން ދުނިޔެއަށް ދައްކަވައި ދެއްވަވައިފައެވެ.


ޙަޤީޤީ މުސްލިމުންނަކީ މީހަކު މެޓައެއް ދިއްކޮށްލާއިރަށް އެއިގެ ދަހިވެތިކަމުގައި ޢަޤީދާ ވިއްކައިލާނެ ބައެއް ނޫނެވެ. އެފަދަ މީހުންގެ ވިސްނުމުގެ ސައިޒު ހިމާލިޔާ ފަރުބަދަ ނަމަވެސް އެއީ ހަމަ މޫދުގައިވާ ފޮނެވެ. އެއްވެސް ބާރެއް ނުހުންނާނެއެވެ. ތަނެއްގައި ބީހިލާއިރަށް ބޮކިތައް ގޮވާނެއެވެ


ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުން ޚަބަރުގައި ގެނެސްދީފައި އެވަނީ އާސިޔަތުގެފާނުގެ މަތިވެރިކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ!

ދުޢާއަކީ މިފަދަ ކޮންމެ ކަމަކުން މުރުތައްދުންގެ ވިސްނުން ހަމަ ސުމެއްކަން މާތް ﷲ މީސްތަކުންނަށް ސާބިތުކޮށްދެއްވެވުމެވެ.


އާސިޔަތުގެފާނާއި ބެހޭ މައުލޫމާތު ހިމެނޭ ވީޑިއޯއެއް:

https://www.youtube.com/watch?v=5aQkkRqhSSk

މިއަދު އޮންލައިން