ޑރ. އިޔާޟް ޑރ. ޝަހީމަށް!: ކޯޓުގައި މަރު ކޮމިޝަނުގެ ދޮގުވެރިކަން ސާބިތުކޮށްދެއްވާ! ޙައްޤަށް ނަޞްރު ލިބޭނެކަން ޔަޤީން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޑރ. އިޔާޟް ޑރ. ޝަހީމަށް!: ކޯޓުގައި މަރު ކޮމިޝަނުގެ ދޮގުވެރިކަން ސާބިތުކޮށްދެއްވާ! ޙައްޤަށް ނަޞްރު ލިބޭނެކަން ޔަޤީން!

"ކަމެއްގަ ތުހުމަތު ކުރެވުމަކީ އެމީހަކު ކުށްވެރިވުމެއް ނޫނެވެ. ޑރ. ޝަހީމް ސާބިތުވެ ހުންނަވާށެވެ! އަދި ކޯޓުގައި މަރު ކޮމިޝަނުގެ ދޮގުވެރިކަން ސާބިތުކޮށްދެއްވާށެވެ! ޙައްޤަށް ނަޞްރު ލިބޭނެކަން ޔަޤީނެވެ! އިންޝާ ﷲ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު، މަރުކޮމިޝަނުގެ ރިޕޯޓް ޢާންމުކުރުމުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އެ ކޮމިޝަނާއި އަދި ޕީޖީ އާއިވެސް ބައްދަލުކުރައްވައިފައެވެ. ރަނގަޅަށް ބެލުމަށްފަހު ދެވަނަ ފަހަރަށް ބޭއްވި ބައްދަލުވުމުގައިވެސް މަރުކޮމިޝަނުން ބުނެފައިވަނީ ރިޕޯޓާއި ގުޅިގެން ދަޢުވާ އުފުލަން ޖެހޭ ފަރާތެއް ނެތް ކަމަށް ކަމުގައި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

މިމައްސަލައިގައި "ކުއްލިއަކަށް ބައަކާ ދައުވާ ކުރަން އުޅެނީ ޒާތީ ހަސަދައެއް ފިލުވަން" ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. އަދި މި ރިޕޯޓާއި ސަލަފް ޖަމިއްޔާ އާއި ގުލުވައިގެން ފެތުރި ވާހަކަތަކުގެ ދޮގުކަން އެ ޖަމިއްޔާއިން ޙާމަކުރުމުން ރިޕޯޓާއިމެދު ވަނީ ވަރަށް ގިނަ ސުވާލުތައް އުފެދިފައި ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.  

ސަބަބަކީ އެ ރިޕޯޓުގައި ސަލަފުގެ މެންބަރުން ކަމަށް ބުނެފައިވާ އެއްވެސް މީހަކީ އެ ޖަމިއްޔާގެ މެންބަރަކަށް ވެސް ނުވުމެވެ. މީގެ އިތުރުން ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ޚަރަދުކުރި ކަމަށް ފުލުހުން ކުރިން ބުނެފައިވާ އެއްވެސް ފަރާތަކާއި ދައުވާކުރަން އަދިވެސް ފޮނުވާފައި ނުވާކަންވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން