އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނެގުމަށް މަޖިލީހުން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނެގުމަށް މަޖިލީހުން ފާސްކޮށްފި

އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނެގުމަށް އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މި ބިލް މިއަދު ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިބިލް ފާސްކުރަން ނުފެންނަ ކަމަށް ތިން މެމްބަރަކު ވަނީ ވޯޓު ދެއްވިއެވެ.

މި ބިލް ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ބިލު މުޅި މަޖިލިހުގެ ކޮމިޓީއަކުން ދިރާސާކޮށް ވިއްސަށް ވުރެ ގިނަ އިސްލާހު ހުށަހަޅައި ބިލް ފާސްކުރީ ވެސް މިއިސްލާހުތަކާ އެކުގައެވެ.

އަލަށް އިސްލާހު ކުރި ބައިގައި ބުނެފައި ވަނީ އޭޕްރީލް 1 އިން ފެށިގެން ޓެކްސް ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓަރެސްޓާއި އެނުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާއި ކަމިޝަނާއި ރޮޔަލްޓީން ކަމަށެވެ.

 

މިއަދު އޮންލައިން