ރަނގަޅު ގޮތް މެދުވެރިވުމަށް އެދޭ މީހާ އެއްވެސް ޙާލެއްގައި އުންމީދު ކަނޑައި ނުލަންވީ 2 ކަމެއް ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރަނގަޅު ގޮތް މެދުވެރިވުމަށް އެދޭ މީހާ އެއްވެސް ޙާލެއްގައި އުންމީދު ކަނޑައި ނުލަންވީ 2 ކަމެއް ވެއެވެ!

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ރަހްމަތްފުޅަށް އެދިއެދި ހުންނާނެ މީހެކެވެ. ރަނގަޅު ގޮތްތައް މެދުވެރިވުމަށްވެސް އެދިއެދި ހުންނާނެ މީހެކެވެ. އެހެންކަމަށްވާއިރު އެއްވެސް ޙާލެއްގައި އުންމީދު ކަނޑާނުލައި ހިފަހައްޓަން ޖެހޭ 2 ކަމެއްވެއެވެ. 

އެއީ: 1 ﷲ ގެ ރަޙްމަތާއިމެދު 2 ކުރާ ދުޢާ އިޖާބަކުރައްވަވާނެކަން!

މި 2 ކަންތަކުގައި ކެތްތެރިކަމާއިއެކު ސާބިތުވެ ހުރެއްޖެ މީހަކަށް އަބަދުވެސް ދާނީ ރަނގަޅު ގޮތްތައް މެދުވެރިވަމުންނެވެ! އިން ޝާ ﷲ

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން