އަންނަ އަހަރަށް ލަފާކުރާ ބޮޑު ބަޖެޓު މަޖިލީހުން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އަންނަ އަހަރަށް ލަފާކުރާ ބޮޑު ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާ ބޮޑު ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއީ 37.8 ބިލިއަން ރުފިޔާ ގެ ބަޖެޓެކެވެ.

ބަޖެޓު ފާސްކުރުމަށް 76 މެންބަރުން ވޯޓު ދެއްވިއެވެ. ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 1 މެންބަރުން ވޯޓު ދެއްވިއެވެ.

ބަޖެޓު ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފައެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާ އާ އެކު ސަރުކާރުގެ ހަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫތަކަށް ބަޖެޓު އިތުރު ވެގެންދާނެއެވެ. އިތުރުވި އަދަދަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންނެވެ. އެއާ އެކު 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގައެވެ.

މިއަދު އޮންލައިން