އުފަންވަނީވެސް ނަރަކަ އާ ސުވްރުގެ އިން ޖާގަ ހަމަޖެހިގެން! ބޭނުންތަނެއް އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެއް! އެކޮޅަށް އެއްވެސް ބުރަކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އުފަންވަނީވެސް ނަރަކަ އާ ސުވްރުގެ އިން ޖާގަ ހަމަޖެހިގެން! ބޭނުންތަނެއް އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެއް! އެކޮޅަށް އެއްވެސް ބުރަކަމެއް ނެތް!

މަރުވެ ވަޅު ލެވުމުން ކޮންމެ ދުވަހަކުވެސް އެމީހަކަށް ނަރަކައިގައި ތައްޔާރުކުރެވިފައިވާ ޖާގަ ޢާއި ސުވަރުގޭގައި ހުރި ޖާގަ އެމީހަކަށް ދައްކަވާނެތެވެ. ހެޔޮ އަމަލުތައް ކުރި މީހުންނަށް ދާނީ ސުވަރުގޭގެ މީރުވަސް ދުވަމުންނެވެ. ﷲ ތަޢާލާއަށް އުރެދުނު މީހުންނަށް ދާނީ ކައްވަޅުގައިވެސް އެކަމުގެ ހިތިކަން ފެންނަމުންނެވެ.  

މީސްތަކުންނޭވެ! މިކަމުން އެނގެނީ ކޮންމެ މީހަކުވެސް އުފަންވަނީ އެމީހަކު ބޭނުން ނަމަ ނަރަކައަށް ދިއުމާއި ސުވަރުގެ އިންތިޒާމްތަކާއިއެކުގައި ކަމެވެ. ވީމާ އެމީހަކު ބޭނުންވާ މަންޒިލެއް ހަމަ އިޚްތިޔާރުކުރަންވީއެވެ. އެއީ ހަމަ އެމީހެއްގެ ކަމެކެވެ.  

ބައެއް މީހުން ﷲ ޙަރާމް ކުރެއްވެވި ފާފަތައް ކުރުމަށްފަހު ދެކެނީ އެއީ ކުރެވުނު ވަރަށް މޮޅު ކަމެއް ކަމަށެވެ. އަދި އެއީ ކުރެވުނު ފަޚުވެރިކަމެއް ކަމަށް ދެކި މީސްތަކުންގެ ގާތު އެފަދަ ވާހަކަތައް ދައްކައިވެސް އުޅެއެވެ. މިފަދއިން ކަންކަން އެކުރަނީ އެމީހެއްގެ ބުއްދީގައި އެއްވެސް ތެތްކަމެއް ނެތުމުންނެވެ.

އެކަން އެންމެ ފަސޭހައިން ޔަޤީން ކުރެވޭ ކަމަކީ އެއްވެސް މީހެއްގެ ކިބައިން ނުވަތަ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެން ނުވާތީއެވެ. ވީމާ މީހަކު ކިތަންމެ ގިނަ ފާފަތަކެއް ކުރި ނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. އަދި ދެރައެއް ވެސް ނެތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން