މާލީ ބަދަލު ދޭނެ އަދަދެއް ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މާލީ ބަދަލު ދޭނެ އަދަދެއް ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި

ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވާލުމުން މާލީ ބަދަލު ދޭން އަދަދެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މާލީ ބަދަލުގެ ބުރަ ދައުލަތަށް އުފުލަން ޖެހޭތީވެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ގައި ވަނީ ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތައް ލާޒިމުކުރާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ.

ހިސާން ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓް ގައި އެފަދަ އެއްބަސްވުންތަކުގައި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅައި، އެއްބަސްވުންތަކުގައި ހިމެނުމަށް އެޓާނީ ޖެނެރަލްއަށް އެންގުމަށް ވެސް ހިމަނާފައިވެއެވެ.

މި ގަރާރު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.

ކުރީ ސަރުކާރުން ބާތިލް ކުރި ގިނަ އެއްބަސްވުންތަކަށް މާލީ ބަދަލުގެ ގޮތުގައި ބޮޑު އަދަދުތަކެއް މި ސަރުކާރުން ދޭން ޖެހިފައިވެއެވެ.

 

 

 

މިއަދު އޮންލައިން