ދުނިޔެ ހޯދަން ތެޅިފޮޅެން އުމުރު ދުއްވައިލާ މީހުން ރަސޫލް (ޞޢވ) އާއި ޢުމަރުގެފާނުގެ މިވާހަކަފުޅުން ޢިބްރަތް ލިބިގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދުނިޔެ ހޯދަން ތެޅިފޮޅެން އުމުރު ދުއްވައިލާ މީހުން ރަސޫލް (ޞޢވ) އާއި ޢުމަރުގެފާނުގެ މިވާހަކަފުޅުން ޢިބްރަތް ލިބިގަންނާށެވެ!

ކޮންމެ މީހަކުވެސް ބޭނުންވަނީ މަދުވެގެން 10،12 ބުރީގެ ގެއެކެވެ. އެންމެ ޒަމާނީ ފަރުނީޗަރާއި ބަދިގޭސާމާނާއި އަދި އެންމެ އަގުބޮޑު ކާރެވެ. އެކަންކަން ޙާޞިލުކުރެވޭތޯ ތެޅިފޮޅެމުން ދަނިކޮށް ޖެހެނީ ދުނިޔެ ދޫކުރާށެވެ. 

ބައެއް މީހުން އެމީހުން ބޭނުންވާ ލަނޑުދަނޑި ކާމިޔާބުވެސް ކުރެއެވެ. ނަމަވެސް 50،60 އަހަރު މަސައްކަތްކޮށްގެން ހޯދޭ އުފާވެރިކަމުގައި އެމީހަކަށް ދިރިއުޅެވެނީ މަގު ދުވަސްކޮޅަކުއެވެ. މަރު އައިސް ކުރިމަތިލައެވެ. ހަމަ ވަގުތުން ޖެހެނީ އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރި އަގުބޮޑުގެއާއި ހޯދޮހައި ތަކެތި އެހެން ބައަކަށް ދީފައި ކައްވަޅަށްދާށެވެ!

އެކަންކަން ކުރަން ވެގެން ބުރަކޮށް މަސައްކަތްކުރުމަށާއި އަވަދިނެތި އުޅެން ޖެހުމުން އާޚީރަތަށް ގެންދާނެ އެއްވެސް އެއްޗެއް ޖަމާކުރެވިފައެއް ނުހުރެއެވެ. ނަތީޖާއަކީ މިދުނިޔެއިންވެސް އުފަލެއް ނުލިބުމާއި ކައްވަޅާއި ޢާޚިރަތް ވެސް ނުލިބުމެވެ. މުބުނީ ކައްވަޅުގެ ޢަޒާބާއި ނަރަކައިގެ ޢަޒާބުން ސަލާމަތް ނުވެވޭ ހާލުގައި ދުނިޔެ ދޫކުރަންޖެހޭ ވާހަކައެވެ. 

ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާ ރަސޫލް (ޞޢވ) ދިރިއުޅުއްވަވާ ގަނޑުވަރުކޮޅަށް ޢުމަރުގެފާނު ފުރަތަމަ ފަހަރަށް ވަދެވަޑައިގަތުމުން ފެނިވަޑައިގެންނެވި ފަޤީރު، ނިކަމެތި ޙާލުކޮޅަށް ކީރިތި ކުރައްވަމުން ރަސޫލް (ޞޢވ) އަށް ދެންނެވި ބަސްފުޅާއި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި ޖަވާބު ލިޔުމުގައިވާ ވީޑިއޯ އިން އަޑު އައްސަވައިލައްވާށެވެ!

އަހަރެމެން މިއަދު މިއުޅެނީ ސިޓިންގ ރޫމްގައި 3،4 ބޮކި ޖަހައިގެންނެވެ. ލަންޓަން އެލުވައި އެވެސް ތަފާތު ކުލަތަކުން ދިއްލައިގެންނެވެ. ރަސޫލް (ޞޢވ) ގެ ގަނޑުވަރުކޮޅުގައި ހުރި ބައްތިކޮޅު ދިއްލާނެ ތެލެއް ނެތެވެ.

ކިންގ ސައިޒް އެނދަކާއި 1 ފޫޓުބޯ އެންމެ މޮޅު ގޮދަޑިއާއި ބާލީސް ނެތް ނަމަ ނިދޭ ކަމަކަށް ނުވެއެވެ. ރަސޫލް (ޞޢވ) އަވަހާރަފުޅު ލެއްޕެވީ ކަދުރުރުކުގެފަނާއި ހުއިމަތީގައެވެ. 

މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެގޮތަށް ނިދަން ބުނުމެއް ނޫނެވެ. ވިސްނައިދޭން މި މަސައްކަތްކުރަނީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަޅުކަން ކުރަން ވަގުތު ހުސްކުރުމުގެ މުހިންމު ކަމެވެ. އާޚިރަތަށް ގެންދާނެ މުދައު އެއްކުރެވޭނީ އެއިރުން ކަމެވެ. ދުނިޔޭގައި ކިތަންމެ އަރާމުގައި އުޅުނު ނަމަވެސް ހުސްއަތާ އާޚިރަތަށް ދާން ޖެހިއްޖެނަމަ ދުނިޔޭގައި އެމީހަކު ހޭދަކުރި ދުވަސްތަކުން ކުރި އެއްވެސް ޙަޤީޤީ ފައިދާއެއް އެމީހަކަށް ނެތް ކަމެވެ.

ވީޑިއޯ އިން ބިލާލް އައްސަދުގެ ބަސްފުޅު އަޑުއައްސަވައިލައްވާށެވެ!

މިއަދު އޮންލައިން