މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހުން ވަރަށް ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހުން ވަރަށް ގިނަވެއްޖެ!

މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހުން ވަރަށް ގިނަވެއްޖެއެވެ. ގިނަވަމުން ގޮސް ބިރުގަންނަން ޖެހޭ ވަރަށް ގިނަވެއްޖެއެވެ. އެހެނީ މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބައަކީ ދެ މޫނުގެވެރިންނެވެ. އެކެއްގެ ގާތު އެއްގޮތަށް، އަނެކާގެ ގާތު އެހެން ގޮތަކަށް ވާހަކަދައްކާ މީހުންނެވެ. 

އެމީހަކަށް ކަމެއް ބޭނުންވުމުން ތަފާތު މީހުން ގާތަށް ސަނާ ކިޔާ މީހުން ގިނަވެއްޖެއެވެ. އެގޮތަށް ސަނާކިޔާއިރު ކުރިން ދެވަނަ މީހާ ގާތަށް ގޮސް ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ސަނާކީ މީހާއަށް ނަފްރަތުކޮށް އެބަ ވާހަކަ ދައްކައެވެ. 

ބައެއް މީހުން މަސައްކަތުގެ މާހައުލުގައިވެސް ކަންކަން ކުރަނީ ހަމަ މިފަދައިންނެވެ. ދެ ވެރިންގެ ގާތު ވާހަކަ ދައްކައިއުޅެނީ ދެ ދުލަކުންނެވެ. މިއީ ހާދަހައިވާ ނުބައި ސިފައެކެވެ.

Prophet Muhammad (ﷺ) said,

"The worst of all mankind is the double-faced one, who comes to some people with one face and to others, with another face."

Sahih al-Bukhari 7179 

މިޙަދީޘްފުޅަށް ވިސްނައިލާށެވެ! މިދެއްކި ވާހަކަކޮޅުގެ ދަލީލު ލިބިގެންދާނެއެވެ! ހިތާމައަކީ އަމިއްލަ ޢާއިލީ ދިރިއުޅުމުގައިވެސް މިފަދަ ގޮތްތަކަށް ކަންކަން ކުރެވޭތީއެވެ. އެކެއްގެ ގާތު އަނެކާ ކުށްވެރިކުރަމުން ގެންދާއިރު ކޮންމެ މީހެއްގެ ގާތު އެމީހާ ރަނގަޅުކޮށްފައި އަނެކާ ކުށްވެރިކުރުމަކީ ވެސް ހަމަ ދެ މޫނުގެ ވެރިންގެ ސިފައެކެވެ. 

ވީމާ މިފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ! ދެ މޫނުގެ ވެރިއަކަށް ވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! އެންމެ ނުބައި މީހުންގެ ތެރޭގައި ހިމެނިދާނެކަމަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން