މައިންބަފައިން ދެކެ ލޯބިވާންވެސް ފުރަތަމަ ﷲ އަށް ކިޔަމަންތެރިވާށެވެ! ނޫން ނަމަ އެކަމުގެ ފައިދާ ނުފެނިދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މައިންބަފައިން ދެކެ ލޯބިވާންވެސް ފުރަތަމަ ﷲ އަށް ކިޔަމަންތެރިވާށެވެ! ނޫން ނަމަ އެކަމުގެ ފައިދާ ނުފެނިދާނެއެވެ!

އެމީހުންގެ މައިން ބަފައިން ދެކެ ގިނަ ބައަކު ވަރަށް ލޯބިވެއެވެ. ކިޔަމަންތެރިވެސްވެއެވެ. އިހްތިރާމްވެސް ކުރެއެވެ. ހޭދަވެސް ކުރެއެވެ. އެފަދަ މީހުން ބުނަނީ އެކަންކަން ކުރަނީ މައިން ބަފައިން އެމީހުންނަށް ކޮށްދިން ހެޔޮ ކަންތައްތަކަށް ޝުކުރުވެރިވުމަށް ކަމަށެވެ.

މިފަދަ ބައެއް މީހުން މިބާވަތުގެ އެއްވެސް ކަމެއް ﷲ ތަޢާލާއަށް ކުރާތަނެއް ނުފެނެއެވެ. ﷲ ތައާލާ ދެކެ ލޯބިވާ ކަމަށް ބުނަނީ ހަމައެކަނި ބުނެލާ ބުނެލުމަކަށެވެ. ޢަމަލަކުން އެކަމެއް ނުފެނެއެވެ. ކިޔަމަންތެރިއެއް ނުވެއެވެ. އިހްތިރާމެއް ނުކުރެއެވެ. މާނައަކީ ﷲ ތައާލާގެ އަމުރުފުޅުތައް ބަލައިގަނެ ކުރުމަށް އަމުރުފުޅު ކުރެއްވެވި ކަންކަން ނުކުރާ ކަމެވެ. އެންމެ ކުޑަމިނުން ނަމާދުވެސް ނުކުރާ ކަމެވެ. ޞަދަޤާތްވެސް ނުދޭކަމެވެ.

މީސްތަކުންނޭވެ! އިސްފަސް ނުކުރާށެވެ! އެންމެ ބޮޑަށް ލޯބިވާންވީ ﷲ އަށެވެ. ކިޔަމަންތެރިކަން އެންމެ ފުރިހަމައަށް އަދާކުރަންވީ ވެސް ﷲ ތަޢާލާއަށެވެ. ތިބާއަށްޓަކައި ހެޔޮ ލަފާ މައިން ބަފައިން ދެއްވެވީ ވެސް ﷲ ތަޢާލާ ނޫންހެއްޔެވެ؟ ވީމާ ފުރުތަމަ ޝުކުރުވެރިވުން އޮތީ ﷲ ތަޢާލާއަށް ނޫން ހެއްޔެވެ؟

މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެހީތެރިވެ އޯގާތެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. މަތިވެރި އަޅުކަމެކެވެ. ނަމަވެސް އެކަން އަޅުކަމަކަށްވާނީ ފުރަތަމަ ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދާއިމެދުގައިކަން ހިތަށް ގެނައުމުން މިދެއްކި ހުރިހާ ވާހަކަތަކަށް ދަލީލު ލިބޭނެއެވެ!

ﷲ ތަޢާލާއަށް ލޯބިކޮށް ކިޔަމަންތެރިކަން އަދާކުރާ މީހާ އެމީހެއްގެ މައިންބަފައިން ދެކެ ވެސް އަނބިދަރިންނާއި އަދި އެންމެހައި މީސްތަކުން ދެކެ ވެސް ލޯބިވާނެއެވެ. ވީމާ ތަރުތީބުން ކަންކަން ކުރާށެވެ! ކުރާ ކަންކަމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން