ވައްކަންކޮށް ފޭރި އުޅޭ މީހުން ޢުމަރުގެފާނުގެ މި ބަސްފުޅަށް ވިސްނައި ނަރަކައިން ސަލާމަތްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވައްކަންކޮށް ފޭރި އުޅޭ މީހުން ޢުމަރުގެފާނުގެ މި ބަސްފުޅަށް ވިސްނައި ނަރަކައިން ސަލާމަތްވާށެވެ!

އެއް ދުވަހަކު ޢުމަރުގެފާނު ބާޒާރުގައި އުޅުއްވަނިކޮށް އިސްތަށިފުޅުގައި އަޅުއްވަން ގެންގުޅުއްވި ފަގުޑިކޮޅު ނުވަތަ ފޮށާކޮޅު ޖަހައިގަނެގެން މީހަކު ދުއްވައިގަތުމުން އޭނާގެ ފަހަތުން ދުވެވަޑައިގަންނަވަމުން ޢުމަރުގެފާނު ވިދާޅުވެއެވެ. "ﷲ ތައާލާ ހެކިކޮށް ތިއަ ފޮށާ އަހަރެން ކަލެއަށް ދީފީމެވެ. ޤަބޫލުކޮށްފިން ކަމަށް ބުނާށެވެ! ޤިޔާމަތް ދުވަހު ނަރަކައިގެ އަލިފާނުން ކަލޭ ސަލާމަތްވާނީ އެއިރުންނެވެ."

މީސްތަކުންނޭވެ! ވައްކަން ކުރުމާއި ފޭރުން ފަދަ ޢަމަލުތައްކުރާއިރު ބިރުވެތިވާން ޖެހޭ މިންވަރު މިއޮތީ އެނގޭށެވެ! އެމީހާ އެކުރި ކަންތަކުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމުގެ ބިރުފުޅަށް ޢުމަރުގެފާނު އެމީހާ އަށް އެ ފޮށާކޮޅު ހަދިޔާކުރެއްވެވީއެވެ. 

މިކަމުން އެނގޭ ކަމަކީ ވައްކަމާއި ފޭރުމުގެ އަމަލުތައް ކުރާ މީހުންނަށް ހުރި ޢަޒާބުގެ ގަދަފަދަ ކަމެވެ. ވީމާ އެއީ ކުޑަކުޑަ ކަމެއް ކަމަށް ހީކޮށް އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް އަރައިނުގަންނާށެވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ!

ދެބެއިން ކަމުގައިވީނަމަވެސް ދެމަފިރިން ކަމުގައިވީނަމަވެސް އަދި މައިންބަފައިންގެ ތަކެތި ކަމަށްވީނަމަވެސް ޙަލާލު ގޮތުގައި ނޫނީ ބޭނުން ނުކުރާށެވެ! ޙަރާމް ގޮތުގައި ބޭނުންކޮށްފިނަމަ ހަމަ ވާނީ ޙަރާމް ކަމެއް ކުރި ކަމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން