ބިރުވެތިވޭ!: ނަރަކައިގެ އެންމެ ކުޑަ ޢަޛާބު ލިބޭ މީހާއަށް ވެސް ހީކުރެވޭނީ އޭނާއަށްވުރެ ބޮޑު ޢަޛާބެއް އެހެން މީހަކަށް ނުލިބޭ ކަމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ބިރުވެތިވޭ!: ނަރަކައިގެ އެންމެ ކުޑަ ޢަޛާބު ލިބޭ މީހާއަށް ވެސް ހީކުރެވޭނީ އޭނާއަށްވުރެ ބޮޑު ޢަޛާބެއް އެހެން މީހަކަށް ނުލިބޭ ކަމަށެވެ!

ނަކައިގައި އެންމެ ކުޑަ ޢަޛާބު ލިބިވަދައިގަންނަވާނީ އަބޫޠާލިބްގެފާނަށެވެ. އެކަލޭގެފާނުގެ ފައިންޕުޅުދަށުގައި އަނދާ އަނގުރު އަލިފާންކޮޅުގެ ސަބަބުން ސިކުނޑިފުޅު ދާނީ ވިރިކެކެމުންނެވެ. އެކަލޭގެފާނަށް ޤަބޫލުފުޅު ކުރެއްވެވޭނީ އެކަލޭގެފާނަށްވުރެ ބޮޑު ޢަޛާބެއް އެހެން އެއްވެސް މީހަކަށް ނުލިބޭ ކަމަށެވެ. 

އަބޫ ޠާލިބްގެފާނަށް މިފަދަ ބޮޑު ލުއިމެއް ލިބިވަޑައިގަތީ ރަސޫލް (ޞޢވ) އަށް ބެހެއްޓެވި އޯގާތެރިކަމުގެ ބޮޑުކަމުންނެވެ. މުޝްރިކެއްގެ ގޮތުގައި އަވަހާރަވީތީ ސުވަރުގެ ލިބިވަޑައި ނުގަތީއެވެ.

ވީއިރު މުޅިގައިގައި އަލިފާން ހިފައި އަނދަމުންދާ މީހުންގެ ޙާލަތާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ. ޝޭނުޖެހި އެލުވިގެން ތިބެ އަނދަމުންދާ މީހުންގެ ޙާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ބިޔަހަރުފަތަކާއި ނިގުލަންދާށިތަކާއި ވިހަގަދަ ސޫފިތައް އައިސް ހަފަމުންދާއިރު އެމީހަކަށް ލިބެމުންދާނެ ވޭނާއިމެދު ނިކަން ވިސްނުން ހިންގައިލަބަލާށެވެ! 

ނަރަކައިގެ އަލިފާނުގެ ހޫނުމިނަށް އެކަނި ވިސްނައިލި ނަމަވެސް ބިރުން ފިތްކެނޑޭނެއެވެ. މިދުނިޔޭގައި މިގެންގުޅޭ އަލިފާނުގެ ކަންޏެއް ޖެހުނު ނަމަވެސް ވާވަރު އެބަ އިޙްޞާޞް ކުރެއެވެ. ނަރަކައިގެ އަލިފާނުގެ ހޫނުމިން އެއަށްވުރެ 69 ގުނަ އިތުރެވެ.

މީސްތަކުންނޭވެ! އަވަހަށް އީމާންވެ ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން