އެންމެ ހެޔޮ ޢަމަލަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ނުއެދި ކުރާ ޢަމަލެވެ!‍ - ޢަލީގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެންމެ ހެޔޮ ޢަމަލަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ނުއެދި ކުރާ ޢަމަލެވެ!‍ - ޢަލީގެފާނު

"އެންމެ ހެޔޮ ޢަމަލަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ނުއެދި ކުރާ ޢަމަލެވެ!" މިއީ ޢަލީގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

މިއީ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. މިހާރަށް ބަލައިފިނަމަ ކުރާ އަމަލުތަކުގެ 90 އިންސައްތަ ކުރަނީ މީސްތަކުންގެ ނުވަތަ ކޮންމެވެސް މީހެއްގެ ރުހުން ހޯދުމަށެވެ. އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. އެހެނީ މީސްތަކުންގެ ރުހުމަކީ ކުލަކުލައިން ދިއްލޭ ބޮތްކެއް ފަދައެއްޗެކެވެ. ދިއްލިފައި އިންނައިރު ވަރަށް ރީތިވާނެއެވެ. ނިވުމުން ރީތިކަން ގެއްލުނީ އެވެ. އަނދިރިވެސް ވީއެވެ.

ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ ނަމަ ދުވަހަކުވެސް ފަނޑުވުމެއް ނެތެވެ. ގެއްލިގެނެއްވެސް ނުދާނެއެވެ. ދުނިޔޭގައި ކައްވަޅުގައިވެސް އަދި އާޚިރަތުގައިވެސް ތިބާ އާއިއެކުގައި ވާނެއެވެ! އެކަމުގެ ފައިދާ ނުކުރާނެ ހަމަ އެންމެ ހިނދުކޮޅެއްވެސް ނުއަންނާނެއެވެ! 

ވީމާ ކުރާ ކޮންމެ ކަމެއް ވެސް ކުރަންވީ ހަމަ އެންމެ ނިޔަތެއްގައެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ދެވަނަ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން