ޢުމަރުގެފާނު ސަލާން ޖައްސަވައި ކުރެއްވެވި 4 އާދޭސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޢުމަރުގެފާނު ސަލާން ޖައްސަވައި ކުރެއްވެވި 4 އާދޭސް!

"ﷲ ގެ ނަންފުޅު މެދުވެރިކޮށް މުސްލިމުންގެ ކިބައިން އާދޭސްކޮށް ސަލާން ޖަހައި ބުނަމެވެ. މުސްލިމުންނަށް ރަހްމް ކުރާށެވެ! އުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަންކުރާށެވެ! ކުޑަކުދިންނަށް އޯގާތެރިވާށެވެ! ޢިލްމުވެރިންނަށް ޤަދަރުކުރާށެވެ! މި އާދޭސް މިއަޅާ ކުރިކަމަށް ﷲ ހެކިވެވޮޑިގެން ދެއްވަވާނދޭވެ!" – ޢުމަރުގެފާނު

ޢުމަރުގެފާނު ﷲ ތަޢާލާގެ ނަންފުޅު މެދުވެރިކުރައްވަވައި އާދޭސްކުރައްވަވައި ސަލާން ޖައްސަވައި އެދިވަޑައިގެންފައި މިވަނީ 4 ކަމަކަށެވެ. އެއީ: މުސްލިމުންނަށް ރަހުމް ކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަންކުރުމަށާއި ކުޑަކުދިންނަށް އޯގާތެރިވުމަށާއި ޢިލްމުވެރިންނަށް ޤަދަރުކުރުމަށެވެ.

މިފަދަ ޢިބާރާތެއް ޢުމަރުގެފާނު ބޭނުންފުޅު ކުރައްވަވާފައި އޮތުމުން މި 4 ކަންތަކުގެ މުހިންމުކަން އެނގިގެންދެއެވެ. މި 4 ކަންތަކަށް ބެލި ނަމަވެސް ކޮންމެވެސް ނަމެއް ކިޔާފައި މިއިން ކޮންމެ ކަމެއް ކުރުމުގެ ބައިނަލްއަޤްވާމީ ދުވަހެއްވެސް ފާހަގަކުރެއެވެ. ސުވާލަކީ އެކަމުން ޙާޞިލުވަނީ ކޮން ކަމެއް ހެއްޔެވެ؟

މި 4 ކަންތަކަށް ބަލައިފިނަމަ މިކަންކަން މިއީ ހަމައެކަނި މުޖުތަމައުގެ ފެންވަރުގައި އަމަލުކޮށްގެން ފުދޭނެ ކަންކަމެއް ނޫނެވެ. ކޮންމެ ޢާއިލާއެއްގައިވެސް މި 4 ކަންތަކަށް ޢަމަލުކުރަން އެބަޖެހެއެވެ. މި އިން އެއްވެސް ކަމަކަށް ފަރުވާކުޑަކޮށް އިހްމާލުވެއްޖެ ނަމަ އެކަމާއިމެދު ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ! ވީމާ ހަމަ ކޮންމެ ކޮންމެ މީހަކުވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ! އަމިއްލަ ޢާއިލާގެ ކަންކަންވެސް ކުރިއަރާނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން