ނަމާދުކުރާއިރުވެސް މުންކަރާތްތަކާ ދުރު ނުވެވޭނަމަ ކުރެވޭ ނަމާދާމެދު ވިސްނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނަމާދުކުރާއިރުވެސް މުންކަރާތްތަކާ ދުރު ނުވެވޭނަމަ ކުރެވޭ ނަމާދާމެދު ވިސްނާށެވެ!

ބައެއް މީހުން ބުނެއެވެ. ތިމަންމެން ނަމާދުކުރަމެވެ. ނަމަވެސް މުންކަރާތްތަކަށް އަރައިގަނެވެނީއެވެ. އެހެންކަމަށްވާނަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ކުރެވޭ ނަމާދާއިމެދު އަވަހަށް ފުންކޮށް ވިސްނަން ފަށާށެވެ! ނަމާދުގައި ޚުޝޫޢަތްތެރިވެވޭ މިންވަރާއިމެދު ވިސްނަން ފަށާށެވެ!  

ކީރިތި ޤުރްއާނުގައި ވަނީ މިފަދައިންނެވެ!

"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިއަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ." (އަލް ޢަންކަބޫތު: 45)

"ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެއް" ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އޮތުމުން ނަމާދަކީ މުންކަރާތްތަކާއި ދުރުކޮށްދޭނެ ވަސީލަތެއްކަން މިއޮތީ އެނގޭށެވެ! ފަހަތުން މިއަންނަނީ ދުރު ނުވެވޭ ސަބަބެވެ. "އަދި ހަމަކަށަވަރުން، ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ."

ވީމާ ނަމާދުކުރި ނަމަވެސް މުންކަރާތްތަކާއި ދުރު ނުވެވިގެން ތިއައުޅެނީ އެންމެ ބޮޑު ކަންތައް ނުކުރެވޭތީއެވެ އެއީ ﷲ ތަޢާލާ ހަނދުމަކުރުމެވެ! ނަމާދަށް އަރައި ޙަރަކާތްތަކެއް ކުރިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ޖެހޭ މިންވަރަށް ހަނދުމަ ނުކޮށް ކުރާ ނަމާދު ނަމާދަކަށް ނުވާނެއެވެ. ނަމާދު އެކުރެވެނީ ޚުޝޫޢަތްތެރިކަމާއި ނުލައިކަމަށްވާތީއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން