އެންމެ ބޮޑެތި މުއްސަނދިން އެންމެ ފަޤީރު މިހާއަތުން ވެސް އިންތިހާއަށް ބޭނުންވާ ޞަދަޤާތެއް އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ބޮޑެތި މުއްސަނދިން އެންމެ ފަޤީރު މިހާއަތުން ވެސް އިންތިހާއަށް ބޭނުންވާ ޞަދަޤާތެއް އެބައޮތެވެ!

އަހަރެމްނެނަށް ހީކުރެވިފައި އޮންނަނީ މިލިއަނަރުން ނުވަތަ ބިލިއަނަރުންނަށް ވުމުން ޞަދަޤާތަށް ބޭނުން ނުވާ ކަމަށެވެ. އެއީ ކުށްހީއެކެވެ. އެމީހުންވެސް މި ޞަދަޤާތަށް ބޭނުންވެއެވެ. މި ޞަދަޤާތަށް ބޭނުން ނުވާ ހަމަ އެކަކުވެސް މިދުނިޔެއަކު ނުހުންނާނެއެވެ. އަދި މާޒީގައި އުޅެފައެއްވެސް ނުވެއެވެ. އެހައި މުހިންމު، އަދި އަގުބޮޑު ޞަދަޤާތަކީ ކޮބައިކަން އެނގެނީ މިފަދަ ޙަދީޘްފުޅުތަކުންނެވެ. 

The Prophet (peace be upon him) said, “Smiling in your brother’s face is an act of charity” (At-Tirmidhi; Declared Authentic by Al-Albani).

ތިބާގެ ކިބައިގައި ކުޅަދާނަކަން ހުރިނަމަ ވީހައި ގިނަ މީހުން ހިނިތުން ކުރުވާށެވެ! އެނގޭހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުން ދުނިޔޭގައި ފައިސާ ދަނީ އިތުރުވަމުންނެވެ. ނަމަވެސް ހިނިތުންވުން ދަނީ ނެތެމުންނެވެ. 

ދެމަފިރިން އެކަކު އަނެކަކަށް ކުރާ ކަމަކުން ނަމަވެސް އަނެކާގެ މޫނަށް ހިނިތުންވުން ގެނުވިއްޖެ ނަމަ އެކުރެވުނީ ވެސް ޞަދަޤާތެކެވެ! 

ހިނިތުންވުމުގެ ހުރި މަތިވެރިކަން ނިކަން ދެކެބަލާށެވެ! ހަމްޒާގެފާނު ރިވާކުރެއްވި ގޮތުގައި ރަސޫލް (ޞޢވ) އަށްވުރެ ގިނައިން ހިނިތުންވާ އެއްވެސް މީހަކު ފެނިވަޑައިގެންފައެއް ނުވެއެވެ. ޖަރީރް ބިން ޢަބްދުﷲ (ރޢ) ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު އިސްލާމްވެވަޑައިގެންނެވި ފަހުން ހިނިތުންވެވަޑައިގެން ހުންނަވަނިކޮށް ނޫނީ ރަސޫލް (ޞޢވ) ގެ މޫނުފުޅު ފެނިފައެއް ނުވެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން