މިދިއަ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް އާދަމް ނިޝާން ދެއްވި ދަރުސްގައި ވަނީ މުސްލިމުންނަށް މިހާރު ކުރިމަތިވަމުންދާ މުހިންމު ވަރަށް ގިނަ މައްސަލަތަކަށް އަލިއަޅުއްވައި ލައްވައިފައެވެ. މީގެ ތެރޭގައި އިސްލާމުންނަށް ކަންކަން އޮޅުވައިލުމަށް ފަތުރަމުންގެންދާ ބައެއް ދޮގުވާހަކަތައްވެސް ހިމެނެއެވެ.
މިކުރެވެނީ ކޮންފަދަ ބޮޑު ފާފައެއްކަން ވެސް ނުއެނގި ތިބެ މުސްލިމުންނަށް ކާފަރުންގެ މަޅީގައި ޖެހެވެމުންދާ ގޮތާއި މަޅީގައި ޖައްސުވަން ހީލަތްތެރިކަމާއިއެކު ކުރާ ބައެއް މަސައްކަތްތައްވެސް ވަނީ ފާހަގަކުރައްވައިފައެވެ. ނުއެނގި ތިބެ ޝިރުކުރެވުމާއި ދިމާއަށް ދެވޭ ބައެއް ކަންކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ހެކިތަކާއިއެކު ދެއްވަވާފައިވާ މި ދަރުސްގެ ބައެއް ޚަބަރުތައް އިއްޔެ ވާނީ މިއަދުނޫހުން ގެނެސްދީފައެވެ. މިދަރުސް އެކުގައި އަޑު އައްސަވައިލެއްވުމަކީ ހަމަ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ!
ދަރުސް އަޑު އެއްސެވުމަށް:
https://www.youtube.com/watch?v=XD3iDJlDjkk&feature=emb_title