ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި!

ކިޔުމަށް ހޭދަވާނީ 53ސ
ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި!

ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓެއް ހަދައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރަނިކޮށް ހިފަހައްޓާފައިވަނީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަ ބަޔަކު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. އެގޮތުން ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 16 މީހަކު މިއަހަރުގެ މިހާތަނަށް ވަނީ އިމިގްރޭޝަނުން ހިފަހައްޓާފައެވެ.

މިގޮތަށް ހިފަހައްޓާ މީހުންނާއި މެދު ޢަމަލުކުރާ ގޮތަކީ އަނބުރާ އެމީހެއްގެ ޤައުމަށް ފޮނުވާލުމެވެ.

އިމިގްރޭޝަނުންވަނީ އެއަރޕޯޓްތަކާއި، ޕޯޓްތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިިިިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައް ވަނީ އަޕްގްރޭޑްކޮށްފައެވެ.

މިއަދު އޮންލައިން