މެސެޖަކުން ލިބުނު އެންމެ އާޔަތަކުން ކުރި އަސަރުން އިސްލާމްވި އެމެރިކާގެ އަންހެން ނެށުންތެރިއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މެސެޖަކުން ލިބުނު އެންމެ އާޔަތަކުން ކުރި އަސަރުން އިސްލާމްވި އެމެރިކާގެ އަންހެން ނެށުންތެރިއެއްގެ ވާހަކަ!

ފާޠިމާ މޯތީއަކީ ތަފާތު ނެށުންތައް ނަށައި ރެސްލިންގ ތަޅައި އުޅުނު ވަރުގަދަ އަންހެނެކެވެ. ހުކުރު ނަމާދަށްފަހު އިސްލާމްވެ އޭނާގެ ވާހަކަ ކިޔައި ދިނެވެ. 

"އަހަރެންނަކީ މުޅި އެމެރިކާގައި ތަފާތު ނެށުންތައް ނަށައި އުޅުނު އަންހެނަކީމެވެ. ރެސްލިންގ ވެސް ތެޅީމެވެ. އެހެން އުޅެނިކޮށް އަހަރެންގެ ފައި ބިނދުނީއެވެ. އެދުވަސްވަރު ކީރިތި ޤުރްއާނުގެ އާޔަތެއް މީހަކު އަހަރެންނަށް މެސެޖް ކުރިއެވެ. 

މެސެޖް ލިބުމުން ހިތަށް ގޮތްތަކެއް ވިއެވެ. ދެން މިއައީ މި މިސްކިތް ބަލައިލާށެވެ! މިސްކިތް ފެނުމުން ކުރެވުނީ މުޅިން ތަފާތު އިޙްޞާޞް ތަކެކެވެ. ޝައިޠާނާއަށް އަޅުވެތިވެ ޙަޔާތުގެ ދުވަސްތައް ހޭދަ މިކުރެވުނީ މުޅިން ގޯސްކޮށްކަން މިހާރު އަހަރެންނަށް ޤަބޫލުކުރެވިއްޖެއެވެ. 

އަހަރެން މި މިސްކިތަށް ވަދެ މިހިރީ ހަމަ ހުންނަން ބޭނުންވެގެންނެވެ. އަހަރެންގެ މުޅި ހަޔާތް މިހާރު ގުޅިފައިވަނީ މި މިސްކިތާއިއެވެ. އެއީ އަހަރެންގެ މުލި ޙަޔާތް ކަޅު އަނދިރިކަމުގައި ވަނިކޮށް އަލިކޮށްލައި ދިނީ މި މިސްކިތް ކަމުގައިވާތީއެވެ!" 

ފާޠިމާ ކޮންމެ ހުކުރު ދުވަހަކު މިސްކިތަށް ދެއެވެ. އެތައް ގަޑިއެއް ވަންދެން މިސްކިތުގައި އިނދެ ހިތްހަމަޖެހުން ހޯދައެވެ! 

މީސްތަކުންނޭވެ! އިސްލާމް ދީނަށް ދައުވަތުދޭށެވެ! މެސެޖްތައް ވެސް ކުރާށެވެ! އެކަމުގެ ސަބަބުން އެންމެ މީހަކު ނަމަވެސް އިސްލާމް ވެއްޖެ ނަމަ ލިބެން އޮތް މަތިވެރި ނިޢްމަތް ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!

މިއަދު އޮންލައިން