މުޅި އުތުރު އެމެރިކާގަ އަމިއްލަ ޚަރަދުގަ އަގުބޮޑު މިސްކިތެއް އެޅި ފުރަތަމަ އަންހެނަކަށް ޝަރަފް ޙަސީބުﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މުޅި އުތުރު އެމެރިކާގަ އަމިއްލަ ޚަރަދުގަ އަގުބޮޑު މިސްކިތެއް އެޅި ފުރަތަމަ އަންހެނަކަށް ޝަރަފް ޙަސީބުﷲ!

މުޅި އުތުރު އެމެރިކާގައި އަމިއްލަ ޚަރަދުގައި އަގުބޮޑު މިސްކިތެއް އެޅި ފުރަތަމަ އަންހެނަކަށް ޝަރަފް ޙަސީބުﷲ ވެއްޖެއެވެ. އުމުރުން 74 އަހަރުގެ ޝަރަފް ހަސީބުﷲ އަކީ ޕާކިސްތާނުން އެމެރިކާއަށް ހިޖުރަކޮށްފައިވާ އަންހެނެކެވެ.  

އަމިއްލަ ފައިސާއިން 3 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އޭނާ އެމެރިކާގެ ލަސް ވެގާސް، ނެވާޑާގައި މީގެ 4 އަހަރުކުރިން އެޅި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދު އިބްރާހީމް އެވެ. އޭނާގެ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާކަން ފާހަގަކޮށް އޭނާ ބުނަނީ މިއީ އޭނާއަށް ކުރެވޭނެ މިފަދަ އެންމެ ފަހު ޚިދުމަތް ކަމަށް ވެސް ވެދާނެ ކަމަށާއި މި އަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރއްވަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

 

2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވި މި މިސްކިތަކީ 20000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މިސްކިތް އަޅާފައިވަނީ އިސްލާމިކް ލައިބްރަރީއަކާއި ކިޔަވައިދެވޭނެ ވަސީލަތްތަކާއިއެކު އިޖުތިމާޢީ ހަރަކާތްތައްވެސް ހިންގޭނެ ގޮތަށެވެ. 

މިއަދު އޮންލައިން