އަނބިން ބެލެހެއްޓުމަކީ ފިރިމީހާ ފުއްދަން ޖެހޭ ވަޢުދެއް! ޅިޔަނުންނަށްވެސް އިތުބާރު ކުރުމަކީ "މަރު" ފަދަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަނބިން ބެލެހެއްޓުމަކީ ފިރިމީހާ ފުއްދަން ޖެހޭ ވަޢުދެއް! ޅިޔަނުންނަށްވެސް އިތުބާރު ކުރުމަކީ "މަރު" ފަދަ ކަމެއް!

އަނބިން ބެލެހެއްޓުމަކީ އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހޭ އެއް ކަންތަކެވެ. މުޅި ދިރިއުޅުން ބިނާވެފައި އޮތީ ހަރުދަނާ ޢާއިލީ ގުމުގެ މައްޗަށެވެ! ދެމަފިރިންގެ ލޯތްބާއި އިޙްތިރާމްގެ މައްޗަށެވެ. މިހުރިހައި ކަމެއްގެ ވެސް އެންމެ މައްޗަށް އަރައި އޮންނަނީ އިތުބާރެވެ! 

އަހަރެމެންގެ ގެދޮރުގެ ދަތިކަން ހުރުމުންނާއި އަދި އެހެންވެސް މައްސަލަތަކާއި ހެދި އަނބިންނަށް ދޭން ޖެހޭ ރައްކައުތެރިކަން ގިނަ ޢާއިލާތަލުގައި އޮންނަނީ ނުދެވިފައެވެ. ނަމަވެސް އަނބިންގެ ކިބައިން ކުށް ހޯދަންވުމުން އެކަންކަމަކަށް ނުބަލައެވެ. 

އަނބިމީހާ އަށް ރައްކައުތެރިކަމާއިއެކު ގޭގައި އިނދެވޭނެ މަގު ފަހިކޮށް ދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ! ކައިވެނީގެ ޚުޠުބާގައި އެބުނެދޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައްކައުތެރިކަމާއިއެކު އަނބިންނަށް ގޭގައިއިނދެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ. 

Prophet Muhammad (ﷺ) said:

 Beware of getting, into the houses and meeting women (in seclusion). A person from the Ansar said: Allah's Messenger, what about husband's brother, whereupon he (ﷺ) said: Husband's brother is like death

 

Sahih Muslim 2172

މީސްތަކުންނޭވެ! އަންހެނަކު އެކަނި އިންދައި އެގެއަކަށް ވަދެ ނުހަދާށެވެ! އެގެއެއްގައި ތިބޭ އަންހެނުންނާއި އެކަހެރިކޮށް ބައްދަލު ނުކުރާށެވެ! އެކަން ނުކުރަން ރަސޫލް (ޞޢވ) ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އަދި ޅިޔަނުންނާއިމެދު ޙަދީޘްފުޅު ކުރައްވަވާފައި ވަނީ އެއީ "މަރު" ފަދަ ނުރައްކާ ބައެއް ނުވަތަ އެހައިމެ ނުރައްކާ ކަމެއް ކަމަށެވެ. 

ޅިޔަނުންނާއި އެކަހެރިކޮށް ބައްދަލުވެ އުޅުމަކީ އެކަން ކުރާ މީހެއްގެ ކައިވެނީގެ ނިމުން ކަމުގައި ވަރަށް ގިނަ ފަހަރު އޮންނަނީ ވެފައެވެ. އެއީ ޝައިޠާނާ އެދެމެދަށް ވަދެގަންނާތީއެވެ. ވީމާ މިފަދަ ހުރިހާ ކަންކަމުން ރައްކައުތެރިކަން ލިބިދޭނެ މާހައުލެއްގައި އަނބިމީހާ ގެންގުޅުމަކީ ފިރިމީހާ ކޮންމެހެން އަދާކުރަން ޖެހޭނެ މަސްއޫލިއްޔަތެކެވެ. އެކަމުގައި ފޭލްވެއްޖެނަމަ އިތުރު މައްސަލަތައް ކުރިމަތިވުން އޮންނަނީ ހަމަ ދާދި ގާތުގައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން