ރައީސް ނަޝީދަކީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޖެ! - ސައުދިޢަރަބިޔާ އާ ޖެހިގަތުމަކީ ވަރަށް ބޮޑު ގޯހެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރައީސް ނަޝީދަކީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޖެ! - ސައުދިޢަރަބިޔާ އާ ޖެހިގަތުމަކީ ވަރަށް ބޮޑު ގޯހެއް!: ޑރ. އިޔާޟް

ރައީސް ރަޝީދަކީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޖެ ކަމަށާއި ސައުދި ޢަރަބިޔާ އާއި ޖެހިގަތުމަކީ ރާއްޖޭގެ ދަރިވަރުންނަށް އިސްލާމީ ތައުލީމު އުނގެނެން ހުރަސް އެޅި ޙައްޖު ކޯޓާ ލިބޭ އަދަދުވެސް މަދުވެދާނެ ކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޟް މިރޭ ވިދާޅުވީ ރާއްޖޭގައި ތިއްބެވި ވަރަށް ގިނަ ޢިލްމުވެރިންނަކީ ސައުދީގެ އިސްލާމީ ޔުނިވަރސިޓީތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ދަރިވަރުން ކަމަށާއި އަދި މިހާރުވެސް އެތައް ބައިވަރު ދަރިވަރުން ގެންދަނީ ކިޔަމުން ކަމަށެވެ. އަދި ސައުދީގެ ޔުނިވަރސިޓީއަކުން ކިޔަވައި ވިދާޅުވި އެއްވެސް ޢިލްމުވެރިއެއްގެ ކިބައިން މުސްލިމުން ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމާއި އެބޭފުޅުން މިހާރުވެސް ގެންދަވަނީ ރާއްޖޭގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންކަން ފާހަގަކުރައްވާ ކަމަށްވެސް ޑރ. އިޔާމް ވިދާޅުވެއްޖެއެވެ.  

"ރައީސް ނަޝީދު ބޭނުންފުޅު ނުވަނީކަމަށްވެދާނެ އިސްލާމް ދީން އުނގެނެން. އަދި ދިވެހި ދަރިވަރުންނަށް އިސްލާމް ދީން އުނގަންނައި ދޭން. ޙައްޖަށްވެސް މީހުން ދިއަ ނުދީ ލިބޭ ކޯޓާ ވެސް މަދުކުރަން. ނަމަވެސް މިއީ ދިވެހި ރައްޔިޮތުން ބޭނުންވާނެ ގޮތެއް ނޫން. އަދި ރުހޭނެ ވެސް ގޮތެއް ނޫން."  

މީގެ އިތުރުން ޑރ. އިޔާމް ވިދާޅުވީ ޗައިނާ އާއި ސައުދިޢަރަބިޔާ ފަދަ އިޤްޠިޞާދީ ގޮތުން ދުނިޔޭގެ އެންމެ ބާރު ގަދަ، އަދި ރާއްޖެއަށް އެހީވާ ޤައުމުތަކާއި ޖެހިގަނެގެން ރާއްޖެއަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެ ކަމަށާއި ރާއްޖެއަށް ލިބޭނީ ގެއްލުން ކަމަށެވެ.  

ރައީސް ނަޝީދުގެ ފިކުރުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީން ނަގަހައްޓައި ކުރިއަރުވަން ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. މިއީ ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ސަބަބަށްވުމުގެ ބިރުވެރިކަންވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ވެސް ޑރ. އިޔާޟް ވިދާޅުވިއެވެ.  

މިއަދު އޮންލައިން