މި 2 އާދަ ހިފައިފި މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މި 2 އާދަ ހިފައިފި މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެ!

ބައެއް މީހުން އަބަދުވެސް އުޅޭނީ އެމީހުން ކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވިގެންނެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ދެ ކަމެއް އަމިއްލައަށް ޗެކްކޮށްލާށެވެ! ފުރަތަމަ ކަމަކީ ތިމާ ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން މީސްތަކުންގެ ގާތު ޝަކުވާކުރެވޭތޯއެވެ! ދެވަނަ ކަމަކީ ދިރިއުޅުމުގެ ކަންކަން ބަހައްޓަން ބޭނުންވެގެން ބަލަނީ އަވަށްޓެރިން ދިރިއުޅޭ މިންގަނޑުންތޯއެވެ؟ 

މި ދެ އާދަ އެމީހެއްގެ ކިބައިގައި ހަރުލައިފި މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެއެވެ! 

ފުރަތަމަ ބަލައިލަންވީ މީސްތަކުންގެ ގާތު ޝަކުވާ ކުރުމަށެވެ! އެއްވެސް ކަމެއް ނުފުދިގެން އެއްވެސް މީހެއްގެ ގާތުގައި ޝަކުވާ ކުރުމެއް ނެތެވެ. އޮތީ އެކަމެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމާއި އެކަމެއް ހިންމަވައި ދެއްވަވާތޯ ދުޢާކުރުމެވެ. 

ދެން ބަލައިލަންވީ ތިމާ ދިރިއުޅެން ބޭނުންވާ ފެންވަރަށެވެ! ކޮންމެ މީހަކަށް ވެސް މިންވަރު ކުރައްވަވަނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ ނިޢްމަތްތަކެވެ. ރިޒްޤް ދެއްވަވަނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ މިންގަނޑުންނެވެ. ވީމާ އެހެން މީހަކަށް ދެއްވަވާ ނިޢްމަތްތަކަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ! 

މީސްތަކުންނޭވެ! މި ބުނި ދެ ސިފަ އެމީހެއްގެ ކިބައިގައި ހަރުލައިފިނަމަ އެމީހަކަށް އެވަނީ ވަރަށް ދެރަ ގޮތެއް މެދުވެރިވެފައެވެ. އެމީހަކަށް އެހުރީ ދެއްވަވާ މިންވަރަށް ޝުކުރު ނުކުރުމުގެ ބަލި ޖެހިފައެވެ. އެއީ މީހަކަށް ޖެހޭނެ އެންމެ ނުބައި އެއް ބައްޔެވެ. ޝުކުރުކުރާ އަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެކަން ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ! ވީމާ މަސައްކަތްކުރަންވީ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން