ގެއަކަށްވަދެ ދެ އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 38ސ
ގެއަކަށްވަދެ ދެ އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި!

ލ. ގަމުގެ ގެއަކަށްވަދެ، އެގޭގައި ދިރިއުޅޭ ދެ އަންހެނަކާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަމުގެ ތުނޑީއަވަށުގައި ހުރި ގެއަކަށް ރޭ ދަންވަރު 2:30 ހާއިރު ވަދެ، އެގޭގައި ދިރިއުޅޭ ދެ އަންހެނަކަށް ބިރު ދައްކައިގެން ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނެވެ. އެމީހުން ހައްޔަރުކުރީ އެގޭގައި ތިއްބާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން