އާޚިރަތް ބާއްޖަވެރިކުރަން އެދޭ މީހާ ކުރިއަށް ކުރަން ޖެހޭ 3 ކަމެއް ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އާޚިރަތް ބާއްޖަވެރިކުރަން އެދޭ މީހާ ކުރިއަށް ކުރަން ޖެހޭ 3 ކަމެއް ވެއެވެ!

އާޚިރަތް ބާއްޖަވެރިކުރަން އެދޭ މީހާ ކުރިއަށް ކުރަން ޖެހޭ 3 ކަމެއް ވެއެވެ! މި 3 ކަންތަކަށް ފުރިހަމައަށް ސަމާލުކަން ދެވިއްޖެ ނަމަ ﷲ ތަޢާލާ އެމީހެއްގެ އާޚިރަތް ބާޖަވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ 

1- އެމީހަކަށް ﷲ ތަޢާލާ ގޮވައިލެއްވެވުމުގެ ކުރިން ތިމާ ﷲ ތަޢާލާއަށް ދެންނެވުން 

މިބަހުގެ މާނައަކީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމަށްޓަކައި އެމީހާގެ ނަމުން ގޮވައިލެވުމުގެ ކުރިން އެމީހާ ފުރިހަމަ ގޮތުގައި ތައުބާވެ ގޮވައިލެއްވޭނެ ވަގުތަށް ތައްޔާރުވެގެން ހުރުމެވެ. އިނާމު ލިބޭ ޖަލްސާއަކަށް ގޮސް އިންނައިރު އެމިހާގެ ނަން ގޮވައިލެވުމުން އިނާމު ލިބިގަންނަން ދިއުމަށް އަވަސްވެ ގަންނަ ފަދައިން އާޚިރަތް ދުވަހު އެމީހެއްގެ ނަން ގޮވައިލެއްވެވުމުން ނަރަކައިން ސަލާމަތްވެވޭނެ ކަމުގެ އުންމީދުގައި ކުރިމަތިލެވޭނެ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.  

2- ތިބާގެ މައްޗަށް ނަމާދުކުރެވުމުގެ ކުރިން ނަމާދުކުރާ މީހެއްކަމުގައި ތިބާ ވާށެވެ! 

މާނައަކީ ނަމާދު ނުކުރާ މީހެއްގެ ގޮތުގައި މަރުނުވާށެވެ! ތިބާގެ މައްޗަށް ކަށުނަމާދު ކުރެވުމުގެ ކުރިން ތިބާއަކީ ނަމާދުކުރާ މީހަކަށްވާށެވެ!

3- މަރުވުމުގެ ކުރިން މަރު ހަނދާންކުރާ މީހަކަށްވާށެވެ! 

މާނައަކީ މަރުގެ މަލާއިކަތާ ތިބާގެ ފުރާނަ ހިއްޕަވަން ވަޑައިގެން ބައްދަލުކުރެއްވެވުމުގެ ކުރިން މަރުމަތިން ހަނދާންކޮށް މަރަށް ތައްޔާރުވެގެން ހުންނަ މީހަކު ކަމުގައިވާށެވެ! 

ޢިބާރާތްތައް ބަދަލުކުރަމުން ވެސް މި ދެއްކެނީ ހަމަ އެއް ވާހަކަތަކެކެވެ. ނަޞޭޙަތް މިދެވެނީ ޢާޚިރަތް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަމަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްވެސް ކަމެއް ނެތުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން