ދުޢާ ކުރުމަކީވެސް އަޅުކަމެކެވެ! ހުކުރު ދުވަހު މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދުޢާ ކުރުމަކީވެސް އަޅުކަމެކެވެ! ހުކުރު ދުވަހު މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

"ޔާ ﷲ! އިނބަ އިލާހުދެކެ އަޅަމެންވާ ލޯބިން އަޅަމެންގެ ހިތްތަށް ޒީނަތްތެރި ކޮށްދެއްވާނދޭވެ! އިނބަ އިލާހަށް ޙަމްދުކޮށް ރަސޫލާއަށް ޞަލަވާތް ކިޔެވުމުގައި އަޅަމެންގެ ދޫތައް މަޝްޣޫލުކުރުވާނދޭވެ! އިނބަ އިލާހަށް ޝުކުރުކުރުމަށް އަޅަމެންގެ ގުނަންތައް ކިޔަމަންކުރައްވާނދޭވެ!"

--ޝައިޚް އިލްޔާސް ޖަމާލް

ދުޢާ ކުރުމަކީ މަތިވެރި އަޅުކަމެއް ކަމުގައި ލައްވަވާފައިވާއިރު ދުޢާ ކުރުމަކީ އެއްވެސް ގޮތަކުން ގެއްލިގެންދާނެ އަޅުކަމެއް ނޫނެވެ. ދުޢާ ކުރުމުން ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. އެމީހާ ކުރި ހެޔޮ އަމަލެއްގެ ގޮތުގައިނ މަލާއިކަތުން ފަތުގައި ލިޔުއްވަވަތެވެ. މިދުނިޔޭގައި އެކަމުގެ ނަތީޖާ ނުފެނުނު ނަމަވެސް އާޚިރަތުގައި ދައްކަވަތެވެ.

ވީމާ ހުކުރު ދުވަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގިނަގިނައިން ރަސޫލް (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުމަށާއި ދުޢާކުރުމަށެވެ! އެވަގުތެއްގައި ދުޢާ ކުރެވިއްޖެ ނަމަ ވަގުތުން ދުޢާ އިޖާބަ ކުރައްވަވާނެ ވަގުތުކޮޅެއް ހުކުރު ދުވަހުގައިވެއެވެ. އެވަގުތުކޮޅު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!

ދުޢާ ކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަން ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި ތަޤްދީރުގައިވާ ގޮތް ބަދަލުކޮށް ދެއްވަވާ ހަމައެކަނި ވަސީލަތަކީ ދުޢާ ކުރުންކަމުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ދުޢާ ކުރުމުގައި ހުރި ބާރު އެނގިގެންދެއެވެ.

The Prophet (peace and blessings be upon him) said:

“Nothing can change the Divine decree except dua”. [Musnad Ahmad, 5/677; Ibn Majah, 90; Jami` Al-Tirmidhi, 139. Classed as hasan by Albani]

“No precaution can protect against the decree of Allah. Dua is beneficial with regard to what has been decreed and what has not been decreed. The dua meets the calamity that has been decreed and wrestles with it, until the Day of Resurrection.” [Tabarani]

މިއަދު އޮންލައިން