ޤިޔާމަތް ދުވަހު ތިބާގެ ދުޝްމިނުން ކަމުގަ ވާނެ މީހުން އެކުވެރިން ކަމުގަ ހަދައި ޢާޚިރަތް ނަގައިލުމުގަ ހުރި ހިތާމައެއްގެ ބޮޑުކާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤިޔާމަތް ދުވަހު ތިބާގެ ދުޝްމިނުން ކަމުގަ ވާނެ މީހުން އެކުވެރިން ކަމުގަ ހަދައި ޢާޚިރަތް ނަގައިލުމުގަ ހުރި ހިތާމައެއްގެ ބޮޑުކާއެވެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އެބައަކާއި ވަކިނުވެވޭނެ އެންމެ ގާތް އެކުވެރިނަ ކަމުގައި ބަލައިގެން އުޅޭ މީހުންނަކީ އެއްވެސް ވަރަކަށް އިސްލާމް ދީނަށް ލޯބިކުރާ ބައެއް ނޫނެވެ. އަދި ބައެއް މީހުން އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނާއި އިސްލާމް ދީނުގެ ޢަދާވާތްތެރިންވެސް އެބަ ގެންގުޅެއެވެ. 

އެފަދަ މީހުން ވިސްނައިލަންވީ މިއާޔަތަށެވެ! 

"އެކުވެރިން އެދުވަހުން އެއްބައަކު އަނެއްބައަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤްވާވެރިން މެނުވީއެވެ." (އައްޒުޚްރޫފް: 67) 

މިއީ މިދުނިޔެއާއި އަދި ޤިޔާމަތް ދުވަހުގެ ވެސް މިލްކުވެރި ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. އެންމެހައި ކަންކަމަށް އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. ވީމާ އާޚިރަތް އެދޭނަމަ މި ފަދަ ޢާޔަތްތަކަށް ވިސްނައި އަމަލުކުރާށެވެ! 

އެކުވެރިވާންވީ ތަޤްވާވެރިންނާއި އެވެ. ރަހްމަތްތެރިން ކަމުގައި އިޚްތިޔާރުކުރަންވީ ވެސް ތަޤްވާވެރިންނެވެ. އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ އެއިރުންނެވެ. 

އެމީހަކު މަޙްޝަރު ކުރެއްވޭނީ އެމީހަކު ދުނިޔޭގައި އެކުގައި އުޅުނު ބައަކާއިއެކުގައި ކަމަށް އޮތް ބަސްފުޅަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް އީމާން ނުވާ ބައަކާއިއެކު މަޙްޝަރު ކުރައްވަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން