މުޙައްމަދު ހަސަންގެ ހުއްދަ ހިފެހެއްޓި ސަބަބު އޭނާ އޮޅުވާލައިފި: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުޙައްމަދު ހަސަންގެ ހުއްދަ ހިފެހެއްޓި ސަބަބު އޭނާ އޮޅުވާލައިފި: ޑރ. އިޔާޟް

އިސްލާމިކް މިނިސްޓްރީން ހުއްދަ ސަސްޕެންޑްކޮށްފައިވާ ޝައިޚް މުޙައްމަދު ޙަސަން، އޭނާގެ ހުއްދަ ހިފެހެއްޓި ސަބަބު އޮޅުވާލާފައިވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް ވިދާޅުވީ އޭނާގެ ހުއްދަ ހިފެހެއްޓީ އެހެން ޢިލްމުވެރިންނާއިމެދު ނަފްރަތު އުފައްދާތީ ކަމަށެވެ. އިސްލާމިކް މިނިސްޓްރީންވެސް ބުނެފައިވަނީ އެގޮތަށެވެ. ނަމަވެސް މުޙައްމަދު ޙަސަން މިއަދު ބުނީ އޭނާ އާއި މެދު ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުތައްކުރާ ކަމަށެވެ. 

"އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާހިނދު ސަލާމްކޮށްލައިފިނަމަ އެކަމުން މަތިވެރި ދަރުމަ ލިބެއެވެ. އަޚާގެ މޫނުމަތީގައި ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ. މިހެން މިކަން އޮތް އިރުވެސް ކުނިމޫނު ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް، ދީނީ ދައުވަތު ފުނޑާލަން ފުރުޞަތު ދެވިގެން ނުވާނެއެވެ. 

ތިމާމެންގެ މަންހަޖަށް ފެތޭ ބައަކަށް މެނުވީ ދަރުސް އެއް ދެވޭ ކަމަކަށް ނުވެއެވެ. މުސްލިމް އަޚަކީ ތިމާގެ މަންހަޖަށް ނުފެތޭތީ އެންމެ ކުޑަމިނުން ސަލާމް ގޮވައިނުލައެވެ. ކުނި މޫނު ދައްކައިގެން މުސްލިމުންނާ ވާހަކަދައްކާއިރު ބޮޑެތި ކާފިރުންނާއި ހެވިފައި ވާހަކަ ދެއްކެއެވެ. މީތޯ ރަސޫލް (ޞޢވ) ގެ މަންހަޖަކީ؟" 

ޑރ. އިޔާޟް ވަނީ ފިތުނަ ފަސާދަ އުފައްދަން ނޫޅެ އިޞްލާޙްގެ މަގު އިޚްތިޔާރުކުރުމަށް ގޮވާލައްވައިފައެވެ. އަދި މުޙައްމަދު ޙަސަން ނިޞްބަތްވާ މަކުތަބާ ސަލަފިއްޔާއަކީ މުސްލިމުންނަށް އަނިޔާވެރިވާ ފަރާތްތަކަށް ތާއީދުކުރާ ޖަމާއަތެއް ކަމަށްވެސް ޑރ. އިޔާޟް ވިދާޅުވިއެވެ.

މިއަދު އޮންލައިން