ކިތަންމެ ދެރަވިޔަސް އަމިއްލައަށް މަރުވާން ނުވިސްނާ! އެއީ ބޮޑުވެގެންވާ ފާފައެއް!

ކިޔުމަށް ހޭދަވާނީ 2މ 5ސ
ކިތަންމެ ދެރަވިޔަސް އަމިއްލައަށް މަރުވާން ނުވިސްނާ! އެއީ ބޮޑުވެގެންވާ ފާފައެއް!

އެއެްވެސް މީހެއްގެ މަރަކީ އެމީހެއްގެ އަމިއްލަ އަތް މަތީގައިވާ އެއްޗެއް ނޫނެވެ. ފުރާނަ އަޅުއްވާނީ އަދި ގެންދަވާނީ ވެސް އަހަރެމެން ހެއްދެވި އިލާޙެވެ.

ނަމަވެސް ކަންކަމުގައި ހާސްވުމުން، ނުވަތަ ކުރިމަތިވާ މުސީބާތްތަކެއްގެ ސަބަބުން، އަމިއްލަ ފުރާނަ ދުއްވާލާ މީހުންމަދެއް ނޫނެވެ. މުސީބާތްތަކުން ސަލާމަތްވުމަށް، ތިމާގެ އަމިއްލަ ނަފްސު އެވައްޓާލެވެނީ މިދުނިޔޭގައި އެމީހަކު އުފުލަން ޖެހުނު ވޭނަށްވުރެ މާބޮޑު ވޭނަކަށްކަން އެފަދަ މީހުންނަށް ނޭނގެނީއެވެ.

އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަމިއްލައަށް މަރުވެގެން ގޮސްފައިވާ މީހުން އެކަން ކުރުމުން ސަލާމަތް ނުކުރެވުން ކަމުގައި ވިޔަސް، ދުނިޔޭގައި ތިބި މީހުންގެ ތެރެއިން އަމިއްލައަށް މަރުވާން ވިސްނާ މީހުން ސަލާމަތް ކުރުމުގެ ނިޔަތުގައި މިލިޔުން ލިޔެލާނަމެވެ. ކީރިތި ޤުރްއާނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘެއްގެ އަލީގައެވެ.

އަމިއްލައަށް މަރުވާ މީހުންނާއިމެދު މާތް ﷲ ރުއްސަވާ ވޮޑިގެން ނުވެއެވެ. ކީރިތި ޤުރްއާނުގެ ހަތަރު ވަނަ ސޫރަތުގެ 29 ވަނަ އާޔަތުގެ ބައެއްގައި، އަމިއްލަ ނަފްސުތައް ގަތުލު ނުކުރުމަށް އެކަލާނގެ ގޮވާލައްވާފައިވެއެވެ.

"އަދި، ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަހީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ." (ޤުރްއާން 4:29)

ގިނަ މީހުންނަށް މުސީބާތްތަކާއި ހިތް ދަތިވުން ކުރިމަތިވުމުން ވެސް އަމިއްލައަށް މަރުވާން ވިސްނައެވެ. މާތް ﷲ އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލެވޭނެވަރުގެ ބުރައެއް ނުޖައްސަވާނެއެވެ.

"ފަހެ، ހަމަކަށަވަރުން އުނދަގޫކަމާއިއެކު ފަސޭހަކަން ވެއެވެ." (ޤުރްއާން 94:5)

އަމިއްލައަށް މަރުވުމާއި ބެހޭ ގޮތުން ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ، މީސްތަކުންކުރެ އަމިއްލައަށް މަރުވާ މީހާވާނީ، މުޅި އުމުރަށް ނަރަކަވަންތަ ވެރިއެއް ކަމަށެވެ. އެމީހަކީ ދުނިޔޭގައި އުޅުންއިރު ކިތަންމެ ގިނަ ހެޔޮ ކަމެއް ކޮށްފައި އުޅުނު މީހެއް ކަމުގައިވީ ނަމަވެސް އެވެ.

"އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް އަޅުކަން ކުރާ މީހާއާއި، ތިމާގެ ފުރާނަ އަމިއްލައަށް ދުއްވާލާ މީހާއަށް ލިބެންހުރީ އެއް އަޒާބެކެވެ. އެއީ ނަރަކައިގެ ވޭންދެނިވި އަލިފާންގަނޑެވެ. އަދި ފަހެ ތަޤްވާވެރިއަކާއި ދިމާލަށް ޙައްޤު ނޫން ބަހެއް ބުނެފިނަމަ، އެއީ އެމީހަކު ގަތުލު ކުރުމާއި އެއްފަދަ ކަމެކެވެ. އަދި ތަޤްވާވެރިއަކާއި ދިމާލަށް އެއީ ތަޤްވާވެރިއެއް ނޫންކަމުގައި ބުނުމަކީ ވެސް އެތަޤްވާވެރިއަކު ގަތުލު ކޮށްލުމާއި އެއްފަދަ ވެގެންވާ ކަމެކެވެ." (ސަޙީޙް ބުޚާރީ 78 ވަނަ ފޮތުގެ 647 ވަނަ ޙަދީޘް)

މިއަދު އޮންލައިން