9 އަހަރުގެ ކުއްޖަކަށް ކޮންމެ ދުވަހަކު 5 ނަމާދުކުރަން ޖެހޭކަމާއި ނަރަކައެއް ވާކަމާއި ނަރަކައިގައި ހުރި ގަދަފަދަ ޢަޛާބު އެނގުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. އޭނާގެ ބެލެނިވެރިން އެވަނީ އެމީހުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. އެހެނީ 10 އަހަރުވުމުން ނަމާދުކުރުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. ބާލީޣްވުމަށްފަހު ކުއްޖާ ދާނީ ނަމާދަށް ދަރަމުންނެވެ.
The Prophet (peace and blessings of Allaah be upon him) said: “Teach your children to pray when they are seven years old and smack them if they do not do so when they are ten years old, and separate them in their beds.” Narrated by Ahmad, 6689; Abu Dawood, 495; classed as saheeh by al-Albaani.
މި ޙަދީޘްފުޅު އޮތްކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކު ވެސް ހުރެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 7 އަހަރުވުމުން ނަމާދުކުރަން ޝައުޤުވެރިކުރުވަން ޖެހޭ ކަމާއި 10 އަހަރުވުމުން ކުއްޖާއަށް އަނިޔާއަކަށް ނުވާނެ ގޮތަށް އަދަބުދީގެން ނަމަވެސް ނަމާދުކުރުވަން ޖެހޭ ކަމަށް ޚުޠުބާތަކުގައި އެގެންދަނީ ކިޔަމުންނެވެ. ވީމާ ހުކުރަށް ގޮސް އުޅޭ މީހެއް ނަމަ އޮންނާނީ މި ޙަދީޘްފުޅު އަޑުއިވިފައެވެ.
މިއަދު މިފެންނަނީ 9 އަހަރުގެ ކުއްޖަކަށް ކުރިން ބަޔާން ކުރި ކަންކަން އެނގުމުން ކަންބޮޑުވެ ތައުލީމީ ވަޒީރުގެ ސަމާލުކަމަށް އެކަން ގެންނަން މަސައްކަތްކުރާތަނެވެ. ތައުލީމީ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުން އެދެން ޖެހެނީ ހުކުރު ޚުޠުބާވެސް އަޑު ނުއަހާ މީހުން ދައްކާ މިބާވަތުގެ ވާހަކަތަކަށް ސަމާލުކަން ދެއްވައި އިސްލާމިކް މިނިސްޓްރީ މެދުވެރި ކުރައްވައި އެފަދަ މީހުންނަށް އިސްލާމް ދީނުގެ އަސާސްތައް އުނގަންނަވައި ދެއްވުމަށެވެ.
އަޅުގަނޑުގެ އަމިއްލަ ނަފްސަށް ބެލި ނަމަވެސް އުމުރުން 7 އަހަރުވީއިރު މައިން ބަފައިން ވަނީ މިކަންކަން ދަސްކޮށްދީފައެވެ. ފަރުޟު 5 ނަމާދު ކުރަން ޖެހޭނެ ކަމާއި ޤިޔާމަތް ދުވަހު ފުރަތަމަ ވެސް ހިސާބު ބައްލަވާނީ ނަމާދުގެ ކަމާއި ނަރަކައިގައި ހުރި ގަދަފަދަ ޢަޛާބާއި ސުވަރުގޭގައި ހުރި މަތިވެރި ނިޢްމަތްތައް އަޅުގަނޑަށް ދަސްކޮށްދެއްވީ މަންމަ އާއި ބައްޕައެވެ. އެއިރު 7 އަހަރެއް ނުފުރޭނެއެވެ.
މިކަންކަން ތަޖުރިބާކުރި އެތައް ބައަކު މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އެ ދުވަހުގެ 5 ނަމާދު ހަމަނުކުރާނަމަ ރޭގަނޑު ކާން ނުލިބުނު އެތައް ދަރިން މިހާރުވެސް ބޮޑެތި މީހުންގެ ގޮތުގައި ދުނިޔޭގައި އެބަތިއްބެވެ. އެކަމުގެ ސަބަބުން އެމީހުންގެ ސިކުނޑިއަށް ވީ ގެއްލުމެއް ނުވަތަ ލިބުނު ނަފްސާނީ އަނިޔާއެއްވެސް ނުފެއެވެ. އެފަދަ ތަރުބިއްޔަތު ލިބުނު ދަރިން މިއަދު ފެންނަނީ ޒިންމާދާރު، ހަރުދަނާ މީހުންގެ ގޮތުގައެވެ.
އެއިރު ލިބުނު ކާނާގެ ދެރަކަން ފާހަގަކުރެވޭއިރު މިއަދު ދަރިންނަށް ދެވޭ ކާނާ އާއި އަދި ދަރިންގެ ތައުލީމީ ހޭލުންތެރިކަން މިހާރު މާބޮޑުވުމުން ދަރިންގެ ސިކުނޑިތައް މިހާރު ވާނީ މާ ބޮޑަށް ހުޅުވިފައިކަން ފާހަގަކުރެވެއެވެ.
މިލިޔުންކޮޅު ވިދާޅުވެލައްވާށެވެ!
