ޞިރާތު މަގު އެދޭ މީހާ މި 3 ޙާލަތަށް ސަމާލުކަން ދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޞިރާތު މަގު އެދޭ މީހާ މި 3 ޙާލަތަށް ސަމާލުކަން ދޭށެވެ!

ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ތިބާއަށް ސަނާ ކިޔަމުން ގިނަ ބައަކު ތިބާގެ ވަށައިގެން އެނބުރޭނެއެވެ! ނަމަވެސް ތަނަވަސްކަން ގެއްލި ފަޤީރުވެއްޖެ ނަމަ ތިބާ އާއިއެކު ވާނީ މަދު މީހެކެވެ! އެ މަދު މީހުންނާ ވަކިނުވާށެވެ! 

އަދި ތަނަވަސްކަން ލިބުމުން ތަނަވަސްކަން ދެއްވެވީ ﷲ ތަޢާލާއަށް ޝުކުރުވެރިވުން ހުއްޓައިނުލާށެވެ! އެހެނީ ޝުކުރުވެރިވާ އަޅުން ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! 

ތިބާގެ ސިފަ ރީތި ނަމަވެސް ގިނަ ބައަކު ތިބާއަށް ތައްރީފްކުރަމުން ވަށައިގެން އެނބުރޭނެއެވެ. ތިބާގެ ސިފަ ބަދަލުވާއިރަށް އެ އެންމެން ފިލާނެއެވެ. ފެނުމުން ދަންނަ މީހަކަށްވެސް ނުހަދާނެއެވެ. ވީމާ ފަހުން ހިތާމަކުރަން ނުޖެހޭނެ ގޮތަށް ޒުވާންކަމުގެ ބޭނުން ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ހިފާށެވެ! 

މަތިވެރި، ނުފޫޒު ގަދަ މަޤާމެއްގައި ހުރި ނަމަވެސް ގިނަ ބައަކު ތިބާގެ ވަށައިގެން އެނބުރޭނެއެވެ! މަޤާމު ގެއްލޭއިރަށް އެންމެން ފިލާނެއެވެ! ވީމާ ކިތަންމެ މަތީ މަޤާމެއް ލިބިފައިވީ ނަމަވެސް މީސްތަކުންނަށް ނުހެއްލި ﷲ ތަޢާލާއަށް ތެދުވެރިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން