ތިބާއަކީ އިޙްޞާންތެރިއެއްކަން ޔަޤީންކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ! ޔަޤީންކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާއަކީ އިޙްޞާންތެރިއެއްކަން ޔަޤީންކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ! ޔަޤީންކޮށްލާށެވެ!

އިޙްޞާންތެރިކަމަކީ އީމާންކަމުގެ 1 ރުކުނެވެ. އަދި އެކަމެއްގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންދާނެ ކަމެކެވެ. ވީއިރު ތިބާއަކީ އިޙްޞާންތެރިއެއްކަން ޔަޤީންކޮށްލަން މި އާޔަތް ނިކަން ކިޔައިލަބަލާށެވެ! 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އާލް ޢީމްރާން: 134) 

ފުރަތަމަ ކަމަކީ ތިބާ ﷲ ތައާލާގެ މަގުގައި ޞަދަޤާތްކުރަންވީ މިލިއަނަރަކަށް ވެވުމަކުން ނޫނެވެ. ދަތިޙާލުގައި އުޅެމުންވެސް ޞަދަޤާތްކުރާށެވެ! ތިމާއަށްވުރެ ދަތިޙާލުގައި އެތައް ބައިވަރު ބައަކު އުޅޭނެއެވެ. 

ދެވަނަ ކަމަކަށް ރުޅި މަތަކޮށް ހިފަހައްޓާ މީހަކަށްވާން އެބަ ޖެހެއެވެ. އިޙްޞާންތެރިންނަކީ އެއްވެސް ޙާލަތެއްގައި އެހެން މީހަކަށް އަނިޔާވެރިވާނެ ބައެއް ނޫނެވެ. އެހެން މީހުންގެ މައްޗަށް ގަދަވެގަނެ ބާރާއި ނުފޫޒު ހިންގާނެ މީހުންނެއްވެސް ނޫނެވެ. 

ތިންވަނަ ކަމަކަށް މީސްތަކުންނަށް މާފުކުރާ މީހަކަށްވާން އެބަ ޖެހެއެވެ. އެހެނީ އިޙްޞާންތެރިންނަކީ އެއްވެސް މީހެއްގެ މައްޗަށް ރުޅިވެރިކަން ބާއްވައި ހަސަދަވެރިވާނެ ބައެއް ނޫނެވެ. 

މިކަންކަން ފުރިހަމަކުރުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނިޢްމަތް ވެސް މިއޮތީ އެނގޭށެވެ!

"އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދަނީ އެވެ. ދެން މަދުވާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން