ކްރިސްމަސް ދުވަހުގެ ތަހުނިޔާ ކިޔުމުން އެ ބުނެވެނީ ﷲ އަށް ދަރިކަލަކު ދެއްވީތީ މަރުޙަބާ ކިޔާ ކަމަށެވެ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ކްރިސްމަސް ދުވަހުގެ ތަހުނިޔާ ކިޔުމުން އެ ބުނެވެނީ ﷲ އަށް ދަރިކަލަކު ދެއްވީތީ މަރުޙަބާ ކިޔާ ކަމަށެވެ!: ޝައިޚް އާދަމް ނިޝާން

ކްރިސްމަސް ދުވަހުގެ ތަހުނިޔާ ކިޔުމުން އެ ބުނެވެނީ ﷲ ތަޢާލާއަށް ދަރިކަލަކު ދެއްވީތީ މަރުޙަބާ ކިޔާ ކަމަށެވެ. އެހެނީ ކްރިސްމަސް ފާހަގަކުރަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި ﷲ ތަޢާލާއަށް ދަރިކަލަކު އުފަންވެވަޑައިގެންނެވި ދުވަސް ފާހަގަ ކުރުމަށެވެ. އެމީހުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ﷲ ތަޢާލާގެ ދަރިކަލެއްގެ ގޮތުގައެވެ. އަދި ކަލަކު ކަމުގައިވެސް ޤަބޫލުކުރެއެވެ. ނުވަތަ ކުޑަ ކަލާނގެ ކަމަށެވެ.  

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކަން ވާނީ ޝިރުކުގެ އަމަލަކަށެވެ! ޝިރުކުރު ކުރުމުން މަރުހަބާ ކިޔުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ.  

މުސްލިމުންނަކީ ޝިރުކުރުމުންނާއި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރުމުން މަރުޙަބާ ކިޔުން ހުއްދަ ބައެއް ނޫނެވެ! އަދި އެއީ އެއްވެސް މުސްލިމަކު ކުރާނެ ކަމެއްވެސް ނޫނެވެ. 

- ޝައިޚް އާދަމް ނިޝާން

މިއަދު އޮންލައިން