ނިދުމުގެ ކުރިން ވުޟޫކުރުމަކީ ނިދަން ފަސޭހަވެ އަރާމު ނިންޖެއް ލިބޭ ކަމެއް ކަމަށް ސައިންސްވެރިން އެއްބަސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނިދުމުގެ ކުރިން ވުޟޫކުރުމަކީ ނިދަން ފަސޭހަވެ އަރާމު ނިންޖެއް ލިބޭ ކަމެއް ކަމަށް ސައިންސްވެރިން އެއްބަސްވެއްޖެ!

ނިދުމުގެ ކުރިން ވުޟޫ ކުރުމަކީ ސުންނަތެކެވެ. ވުޟޫ ކޮށްގެން ނިދުމުން ނިދީން ހޭލަންދެން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތަކު ލައްވަވައި ދެއްވަވަތެވެ.

މިކަންކަން މީގެ 1450 ވަރަކަށް އަހަރުކުރިން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނިކޮށް މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން ނިދުމުގެ ކުރިން ވުޟޫ ކުރުމަކީ ނިދަން ފަސޭހަވެ ނިދީގެ އަރާމުކަން އިތުރުވެގެންދާ ކަމެއްކަން އެނގިގެން ހިނގައްޖެއެވެ.

ސައިންސްވެރިންގެ ހޯދުންތަކުން އެނގުނު ގޮތުގައި ނިދުމުގެ ކުރިން، ދެއަތްތިލަ އާއި ދެއަތާއި ދެ ފައާއި މޫނު ދޮވުމަކީ ނިދަން ފަސޭހަވެ ނިދީގެ މީރުކަން ނުވަތަ އަރާމު އިތުރުވެގެންދާ ކަމެކެވެ.

ސައިންސްވެރިންގެ މިހޯދުންތައް ޔޯގާގެ ބޮޑެތި މަރުކަޒުތަކުންވެސް ވަނީ ބަލައިގަނެ އެއީ ޞައްޙަ ހޯދުންތަކެއް ކަމަށްވެސް އެއްބަސްވެފައެވެ.

ސައިންސްވެރިންގެ މިފަދަ ކޮންމެ ހޯދުމަކުން އެނގި ސާބިތުވަމުން މިދަނީ ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅުތަކުގެ މަތިވެރިކަމެވެ.

ރަސޫލް (ޞޢވ) މިވަނީ މިކަންކަމުގެ ފައިދާ ލިބިގަތުމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ﷲ ތަޢާލާ މިވަނީ އެކަމުގައި ރަޙްމަތް ލައްވަވައިފައެވެ. ތިމާ ނިދާފައި އޮންނައިރު ވެސް ތިމާއަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވަވާނެ މަލާއިކަތުން ބައިތިއްބަވައި ދެއްވެވުމަކީ ކޮން ފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

ނިދުމުގެކުރިން ވުޟޫކުރުމާއިބެހޭ ގޮތުން މިފަދަ ޙަދީޘްފުޅެއް އޮތްކަން ނުއެނގޭއިރުވެސް ދިވެހިންނަކީ ނިދުމުގެކުރިން އަތްފައި އަދި މޫނު ދޮވެ ޠާހިރުވެގެން ނިދައި އުޅުނު ސާފުޠާހިރު ބައެކެވެ.

 

 

މިއަދު އޮންލައިން