"އަބަދުވެސް ވުޟޫ މަތީގައި (ވުޟޫކޮށްގެން) ހުންނަން މަސައްކަތްކުރާށެވެ. އެއިރުން އިން ޝާ ﷲ މަރުގެ މަލާއިކަތާ ވެސް ތިބާ އާއި ބައްދަލުކުރައްވަވާނީ ވުޟޫމަތީގައި ހުއްޓައެވެ. އެއިރުން ތިބާގެ ހަށިގަނޑަކީ ކިހައި ޠާހިރު ހަށިގަނޑަކަށް ވާނެ ހެއްޔެވެ؟
މަރުގެމަލާއިކަތާ ތިބާގެ ފުރާނަ ހިއްޕެވުމަށްފަހު ފުރަތަމަ ގެންދަވާނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީއިރު ތިބާގެ ފުރާނަ ނެރުއްވެވީ ވުޟޫމަތީގައި މަތީގައި ހުރި ހަށިގަނޑަކުން ކަމުގައި ވުމަށް ތިބާ ނުއެދޭނަމު ހެއްޔެވެ؟
ވުޟޫމަތީގައި ހުރުމަކީ ތިމާގެ ހިތުގައި ﷲ ތައާލާއަށް ލޯބި އަންގައިދޭ ކަމެކެވެ. ކިޔަމަންތެރިކަން އަންގައިދޭ ކަމެކެވެ. ﷲ ތަޢާލާގެ ޙަމްރަތަށް ކުށްތަންވެގެން ހުރިކަން އަނގައިދޭ ކަމެކެވެ. ހަމަ އެކަނި މިބަޔާން ކުރި މިންވަރުންވެސް އަބަދުމެ ވުޟޫ މަތީގައި ހުރުމުގެ ފައިދާ އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން