ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމަކީ ހަމައެކަނި އެމީހަކު ކުރާ ހެޔޮ ޢަމަލުކަމަށެވެ. ނަމަވެސް ކުރަން ހިތަށް އަރާ ނުބައި އަމަލެއް ނުކުރުމަކީވެސް އަޅުކަމެކެވެ.
އެއީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. ހެޔޮ އަމަލެއް ކުރަން ހިތަށް އެރުވުމުން 1 އަޅުކަން ލިޔުއްވަވަތެވެ. އެކަމެއް ކޮށްފިނަމަ 10 ހެޔޮކަން ލިޔުއްވަވަތެވެ. ނުބައި އަމަލެއް ކުރަން ހިތަށް އެރުވި ނަމަވެސް އެމީހަކު އެކަމެއް ކުރަންދެން ނުލިޔުއްވަވަތެވެ. ކޮށްފިނަމަ ލިޔުއްވަވަނީ އެންމެ ނުބައިކަމެކެވެ. ﷲ ތަޢާލާ އަށް ބިރުވެތިވެ އެކަން ނުކޮށް ދޫކޮށްލައިފިނަމަ ހެޔޮ ކަމެއް ކުރި ކަމަށް ލިޔުއްވަވަތެވެ.
ވީމާ ޝައިޠާނާ ތިބާއަށް ކުރަން ވަސްވާސްދޭ ކަންކަން ކުރަން ހިތަށް އެރި ނަމަވެސް ނުކުރާށެވެ! އެއިރުން އެކުރެވުނީ ސަވާބު ދެއްވަވާނެ ހެޔޮ ޢަމަލެކެވެ.
Allah's Messenger (peace be upon him) said,
Allah says, 'If My slave intends to do a bad deed then (O Angels) do not write it unless he does it; if he does it, then write it as it is, but if he refrains from doing it for My Sake, then write it as a good deed (in his account).