ހުކުރު ހަދިޔާ!: މިއަދުގެ ދުޢާއަކަށް ނޫރު ދުޢާ ހަދަމާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހުކުރު ހަދިޔާ!: މިއަދުގެ ދުޢާއަކަށް ނޫރު ދުޢާ ހަދަމާ ހެއްޔެވެ؟

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާ އަކުން، ތިއަބައިމީހުން ﷲ އަށް ތައުބާވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވި މީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8) 

ހުކުރު ދުވަހަކީ ދުޢާ ކުރުމުގެ ދުވަހެވެ! ރަސޫލް (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމުގެ ދުވަހެވެ! އެއްވެސް ހާލެއްގައި ހުކުރު ދުވަހަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދުވަހެއް ނޫނެވެ! 

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް އެންމެ މާތް ކުރައްވަވާފައިވަނީ އެކަމުގެ ފައިދާ އާޚިރަތް ދުވަހު ކުރާނެ ގޮތުގައި އެދުވަހުގެ ބޭނުން ހިފުމަށެވެ! ވީމާ ފުރުޞަތު ނަގައިނުލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން