ފަރެސްމާތޮޑާގައި ހިނގި މާރާމާރީއެއްގައި ތިން މީހަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 45ސ
ފަރެސްމާތޮޑާގައި ހިނގި މާރާމާރީއެއްގައި ތިން މީހަކު ހައްޔަރު ކޮށްފި!

ގދ. ފަރެސްމާތޮޑާގައި މިމަހު ހިނގާދިޔަ މާރާމާރީ އަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 25 އަދި 27 ވަނަ ދުވަހު ފަރެސްމާތޮޑާ ގައި ގްރޫޕް މާރާމާރީތަކެއް ހިނގާފައިވުމުން، އެމައްސަލައާއި ގުޅިގެން އުމުރުން 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމާރާމާރީތައް ހިނޣާފައިވަނީ އެރަށުގެ މާތޮޑާ އަވަށާއި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފަރެސްމާތޮޑާގައި ހިނގި މިމާރާމާރީތަކުގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން އެރަށު ސިއްޙީ މަރުކަޒުން ފަރުވާ ދީފައިވެއެވެ. އެތިން މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ، މިއީ އެރަށުގައި ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން