މީހުންގެ ބިން ފޭރޭ މީހުން ޤިޔާމަތާއި ހަމައަށް ދާންދެން ތިބޭނީ ބިމުގެ އަޑިއަށް ގެނބިގެނބި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މީހުންގެ ބިން ފޭރޭ މީހުން ޤިޔާމަތާއި ހަމައަށް ދާންދެން ތިބޭނީ ބިމުގެ އަޑިއަށް ގެނބިގެނބި!

އެމީހަކަށްވުރެ ބާރާއި ނުފޫޒުގެ ގޮތުން ދެރަ ނަމަ އެމީހެއްގެ ބިން ފަދަ ތަކެތި އަތުލަގަތުމަކީ ބައެއް މީހުން އެއްވެސް ޖެހިލުމެއް ނެތި ކުރަމުން އަންނަ ކަމެކެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް އެކަމުގެ ހުރި ބިރުވެރިކަން ނުވެސް އެނގެނީ ކަމަށްވެސް ވެދާނެއެވެ. 

Prophet Mohammad (ﷺ) said,

"Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection."

Sahih al-Bukhari 2454 

މި ޙަދީޘްފުޅުން އެނގިގެންދަނީ "މީހެއްގެ ބިންކޮޅެއް ނުޙައްޤުން އަތުލައިގެންފި މީހާ ޤިޔާމަތާއި ހަމައަށް ހުންނާނީ 7 ބިމުގެ ބިމުގެ އަޑިއަށް ގެނބިގެނބި"ކަމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިހިރަ ފެންނަނީ ހާދަހާ ބިރުހުރި ކަންކަމެވެ. ޤިޔާމަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ 

މީސްތަކުންނޭވެ! މަކަރުވެރި ގޮތުގައި މީހެއްގެ އަތުން އެއްވެސް މިންވަރެއްގެ ބިންކޮޅެއް ނުހޯދާށެވެ! އެކަމުން ދުނިޔޭގައި ކޮންމެވެސް މިންވަރެއްގެ އުފަލެއް ލިބުނުކަމުގައިވީ ނަމަވެސް އެއީ ހާދަގައިވާ ނުރައްކައުތެރިކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މާލެއަށް ބަލައިފިނަމަ އެންމެ ބޮޑު އެއް ބިން ގަނެފައިވާކަމަށް ބުނަނީ އެބިން ކުނިކަހައި ބަލަހައްޓަން ޙަވާލުވެގެން ހުރި އަންހެނެއްގެ ފިރިމީހާއަތުންނެވެ. އެއީ އެބިމާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. ނަމަވެސް ބުނެވޭ ގޮތުން ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެ މުޢާމަލާތް ވަނީ ކޮށްފައި ކަމަށް ހަދައިފައެވެ. 

ބައެއް މީސް މީހުންގެ ބިންތައް ހޯދާފައިވަނީ ބިމުގެ ވެރިމީހާ ބަލިޙާލުގައި ޖެހުނުއިރު އަޅައިލާނެ އެހީތެރިއަކު ނެތުމުން އެމީހާ ބަލަހައްޓައިދީ ބޭސްކޮށްދިނުން ފަދަ ކަންކަން ކުރާނެ ކަމަށް ބުނެފައެވެ. ބައެއް ފަހަރު ވަރަށް ކުޑަ އަގަކަށެވެ. 

މިފަދަ ހީލަތްތެރި ގޮތުގައި ބިންތައް ހޯދުމަށްފަހު އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ އެތައް ބައިވަރު މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެއްބަސްވުމުގައިވާ ގޮތަށް އެމީހަކަށް އެހީތެރި ނުވި ނަމަވެސް ބިމަށް ވެރިވެގަނެއެވެ. ބިން އަމިއްލަކުރެއެވެ. 

މިފަދަ ހީލަތްތެރި ގޮތުގައި ބިންތައް ހޯދައި ހެދުމަކީ ވަރަށް ބިރުހުރި ކަންކަމެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ކޯފާ އެމީހަކަށް ލިބިގެން ދާނެކަން މި ޙަދީޘްފުޅުން އެނގިގެން ދެއެވެ. ވީމާ މިފަދަ ނުބައިކަން ބޮޑު ކަންކަމަށް ބިރުވެތިވުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.

  

މިއަދު އޮންލައިން