މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް ދުޢާކުރަންވީ:
"ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ރަޙްމަތް ލެއްވެވުމަށް އެދިއެވެ. އަދި ކައްވަޅު އަލިކޮށްދެއްވެވުމަށާއި (ކައްވަޅު) ތަނަވަސްކޮށްދެއްވެވުމަށެވެ. އެންމެހައި ޢަޛާބުތަކުން މިންޖުކޮށްދެއްވަވައި ސަލާމަތްކޮށްދެއްވެވުން އެދިއެވެ."
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މަރުވެ ގޮސްފައިވާ މައިންބަފައިންގެ މައްޗަށް ކުރަން އެންމެ ރަނގަޅު ދުޢާ އަކީ ކޮބައިކަމާއިމެދު މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.