ޝައިޠޯނުންގެ ބަސްތަކަށް މާޔޫސްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޝައިޠޯނުންގެ ބަސްތަކަށް މާޔޫސްނުވާށެވެ!

އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ މީހުން ދައްކާ ފިތުނަވެރި ދޮގު ވާހަކަތަކުގެ ސަބަބުން ބައެއް ފަހަރު ރުޅި ގަދަވެ ކެތްތެރިކަންވެސް އެބަ ދޫކޮށްލެވެއެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. އެހެނީ އެމީހުން އެކަން ކުރާނެކަން އެއީ އަބަދުވެސް ޔަޤީންކުރަން ޖެހޭ ކަމެކެވެ! 

"ފަހެ، ކަލޭގެފާނު ކެތްކުރައްވަވާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤުތެދެވެ. އަދި އީމާން ނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިއަ ނުދެއްވާށެވެ!" (އައްރޫމް: 60) 

މުސްލިމުން މިތިބީ ޙައްޤު ގޮތުގައެވެ. ﷲ ތަޢާލާ އެންގެވި މަގުގައެވެ. ވީމާ ސާބިތުކަން ވަރުގަދަކުރާށެވެ! ކެތްތެރިކަން އިތުރުކުރާށެވެ! ޝައިޠޯނުންގެ ބަސްތަކަށް ރުޅިގަދަވެގެންވެސް ނުބައި ބަހެއް ދުލުން ނުބުނާށެވެ! 

ޝައިޠޯނާ އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މުސްލިމުންގެ މަސްއޫލިއްޔަތަކީ އެކަލޭގެއަށްވުރެ ކުރީގައި ތިބުމެވެ. އެކަލޭގެއަށް ހައްދައި ނުލެވޭވަރަށް ތަޤްވާވެރިކަން އިތުރުކޮށްގެން ތިބުމެވެ. އެއިރުން ޝައިޠޯނާ ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ހުންނަން ޖެހޭނީ އަހަރެމެންގެ ފަހަތުގައެވެ. އެހެނީ އިސްލާމް ދީނުގައި ސާބިތުވާން އެދޭ މީހާއަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ. 

އެކަމަށްވެސް އޮތީ ގިނަގިނައިން ދުޢާ ކުރުމެވެ! އަޅުކަންކުރުން އިތުރުކުރުމެވެ! 

- -އިސްލާމީ ތިލފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން