ރަސޫލް (ޞޢވ) އަށް ދުނިޔޭގެ ފެންވަރުގައި އޮހެމުންދާ މިފަދަ ތަޢްރީފްތައް ޙަޖަމް ނުކުރެވޭ މީހުންނަށް އޮތީ އަމިއްލައަށް މޮޔަވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރަސޫލް (ޞޢވ) އަށް ދުނިޔޭގެ ފެންވަރުގައި އޮހެމުންދާ މިފަދަ ތަޢްރީފްތައް ޙަޖަމް ނުކުރެވޭ މީހުންނަށް އޮތީ އަމިއްލައަށް މޮޔަވުމެވެ!

"މިއީ ވެސް އަހަރެންގެ ހިތުގައި ރަސޫލް (ޞޢވ)އަށް ލޯބި އިތުވެގެންދިއަ ސަބަބެކެވެ. 

ބިޔަ ލަޝްކަރަކާއިއެކު މައްކާއަށް އެނބުރިވަޑައިގެން މައްކާ ފަތަޙަ ކުރެއްވެވީ ޞުލްޙަވެރިކަމާއިއެކުގައެވެ. 

އެތައް އަހަރެއް ވަންދެން މުސްލިމުންނަށާއި އިތުރު އެކަލޭގެފާނަށް ޢަދާވާތްތެރިވެ ދުއްތުރާތައް ކުރިމަތިކުރުވި، ހަނގުރާމަތައްކޮށް، އަނިޔާތައްކޮށް ލޭ އޮހޮރުވި، އެތައް ސަތޭކަ މުސްލިމުން ޝަހީދުކުރި ޢަދާވާތްތެރިންނަށް ވެސް ދެއްވެވީ ދީލަތި މާފެކެވެ. 

މިހުރިހައި ކަންކަމުގެ އިތުރުން ޢަދާވާތްތެރިން މިނިވަންކަމާއިއެކު ދޫކޮށްލެއްވެވީއެވެ. 

ޙަޤީޤީ ލީޑަރޝިޕަކީ މިއީއެވެ!" 

ރަސޫލް (ޞޢވ) އާއި ދީނީ މިނިވަންކަން!: 

"މައްކާގައި ހުންނެވިއިރު މުޝްރިކުންނަށް އިޙްތިރާމް ކުރެއްވެވިއެވެ.

މަދީނާގައި އިސްލާމީ އުންމަތުގެ ވެރިކަން ޤާއިމުކުރެއްވެވުމަށްފަހު ޔަހޫދީންނަށް އެމީހުންގެ ދީނުގައި ތިބުމުގެ މިނިވަންކަން ދެއްވެވިއެވެ.

ކްރިސްޓިއަނުންނަށް މިސްކިތްކޮޅުތަކަށް ދައުވަތު ދެއްވެވިއެވެ. 

މިކަންކަމަށް ކިޔަނީ އާދައާ ޚިލާފް ލީޑަރޝިޕެވެ." 

ރަސޫލް (ޞޢވ) ގެންނެވި އިންޤިލާބް: 

"މުޖުތަމައުތަކުން އަންހެނުންގެ ދަރަޖަ އިންތިހާއަށް ނިކަމެތިކޮށްފައިވަނިކޮށް "ސުވަރުގެ ވަނީ މައިމީހާގެ ފައިތަލަދަށުގައި" ބަޔާން ކުރައްވަވައި އަންހެނުންގެ މަޤާމާއި ދަރަޖަ މަތިވެރިކުރެއްވެވިއެވެ. 

އެއިރު މުޖުތަމައުތަކުގައި އޮތީ ނަސްލީ ވާދަވެރިކަމެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ޢަރަތްބަކުކަމުގައި ވުމަކުން އެހެން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތް ކަމަށެވެ. 

އެއިރު މުޖުތަމައުތަކުން ގޮވަމުން ދިއައީ އެމީހުންގެ ނަސަބާއި ޙަސަބު މަތިވެރިކުރުމަށެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ މުޅި އިންސާނިއްޔަތު މަތިވެރިކުރުމަށެވެ! މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށެވެ!" 

މިއީ މީނާ (ޑރ. ކްރައިގް) ބުނެފައިވާ ބަސްތަކެކެވެ. ދުނިޔޭގެ ފެންވަރުގައި ރަސޫލް (ޞޢވ) އަށް މެދު ނުކެނޑި އޮހެމުންދާ މިފަތަ ތައްރީފްތައް ޙަޖަމް ނުކުރެވޭ މީހުންނަށް އޮތީ އަމިއްލައަށް މޮޔަވުމެވެ. އެ އެންމެން އަމިއްލައަށް މޮޔަވި ނަމަވެސް މި ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ! ޤިޔާމަތާއި ހަމައަށް ދެމިއޮންނާނީ ހަމަ މިގޮތުގައެވެ.

މިއަދު އޮންލައިން