ހަރުދަނާ ޢާއިލީ ދިރިއުޅުމަކަށް އެދޭނަމަ ފާހިޝް ޢަމަލުތަކާއި ދުރުހެލިވާން ޖެހޭ ސަބަބުތައް ގިނައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހަރުދަނާ ޢާއިލީ ދިރިއުޅުމަކަށް އެދޭނަމަ ފާހިޝް ޢަމަލުތަކާއި ދުރުހެލިވާން ޖެހޭ ސަބަބުތައް ގިނައެވެ!

ހަރުދަނާ ޢާއިލީ ދިރިއުޅުމަކަށް އެދޭ މީހާ ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް ފާހިޝް ޢަމަލުތައް ކުރުމާއި ދުރުހެލިވާން ޖެހެއެވެ. އެންމެ ބޮޑު ސަބަބަކީ އެއީ އެންމެ ނުބައި ދެވި ހިފާ ޢަމަލަކަށްވާތީއެވެ! ދެވި ހިފައިފިނަމަ އެކަމުން ސަލާމަތްވެވެނީ ވަރަށް ހިތްވަރުގަދަ މީހަކަށެވެ. އެފަދަ މީހުން ވަރަށް މަދެވެ. 

ފާހިޝް ޢަލަކުރަން ޚަރަދުކުރާ ނަމަ އެމީހަކު ހުރިހާ ގޮތަކުންވެސް ނިކަމެތި ކުރައްވަވަތެވެ! ބައެއް މީހުންގެ ތަނަވަސްކަން ގެއްލި ފަޤީރުވެއެވެ. އަނެއް ބައަކަށް ބޮޑެތި ބަލިތައް ޖެހި ސަލާމަތް ނުވެވި ވޭންހުރި ގޮތުގައި މަރާއި ކުރިމަތިލާން ޖެހެއެވެ! އެ ބަލިތަކަށް ތަފާތު ނަންތައް ކިޔައި އުޅުނު ނަމަވެސް އެއީ ﷲ ތަޢާލާގެ ކޯފާއެވެ. 

ފާހިޝް ޢަމަލުތައް ކުރުން ޢާންމުވެފައިވާ ބައެއް ޤައުމުތަކުގައި މިހާރުވެސް އެފަދަ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންގެ ނިޞްބަތް ވަނީ އާބާދީގެ 40 އިންސައްތައަށް އަރައިފައެވެ. އެތައް އަހަރެއްވަންދެން ސައިންސްވެރިން މަސައްކަތްކޮށްގެން ބައްޔަކަށް ފަރުވާއެއް ހޯދޭއިރު އޮންނަނީ އިތުރު ބައްޔެއް ޢާންމުވެފައެވެ. މިކަންކަން ދުނިޔެ މިދަނީ ތަޖުރިބާކުރަމުންނެވެ. 

ފާހިޝް ޢަމަލުކުރާ މީހަކަށް އޭނާގެ ބައިވެރިޔާ ދެކެ ޙަޤީޤީ ލޯތްބެއް ނުވެވޭނެއެވެ. އަޅައިލުމާއި ލޯތްބާއި ކުލުނެއްވެސް ނުދެވޭނެއެވެ. އެހީތެރިއެއްވެސް ނުވެވޭނެއެވެ. އެހެނީ ބޭރުފުށުން ކޮންމެ ގޮތަކަށް މަންޒަރު ދެއްކި ނަމަވެސް އެފަދަ އެއްވެސް މީހަކަށް އެމިހާގެ ބައިވެރިޔާއަކީ އެއްވެސް މުހިންމު މީހަކަށް ނުވާނެތީއެވެ. މިއީ މިފަދަ ގިނަ ޢާއިލާތަކުން ދާއިމީ ގޮތުގައި ކަރުނަ އަޅަން ޖެހޭ ސަބަބުކަމުގައި ޢާއިލާތަކުން އެދަނީ ތަޖުރިބާ ކުރަމުންނެވެ.

މިފަދަ ގިނަ ސަބަބުތަކަށްޓަކައި ކީރިތި ޤުރްއާނުގައި ﷲ ތަޢަލާ ވަޙި ކުރައްވަވާފައިވަނީ ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. އަދި "ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." އޮތުމުން ޒިނޭކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގިގެންދެއެވެ. 

"އަދި ތިއަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (އަލްއިސްރާ: 32)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން