އަމިއްލަ ކަންކަމުގެ ސިއްރު ހާމަކުރެވޭތީ ކޮންމެ އަހަރަކު އެތައް މިލިއަން ކައިވެންޏެއް ރޫޅޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަމިއްލަ ކަންކަމުގެ ސިއްރު ހާމަކުރެވޭތީ ކޮންމެ އަހަރަކު އެތައް މިލިއަން ކައިވެންޏެއް ރޫޅޭ!

ސިއްރު ސިއްރުގެ ގޮތުގަ ހިފެހެއްޓުމަކީ ސިކުނޑިއަށް އެންމެ އަރާމު ގޮތެވެ! ސިއްރު ސިއްރެއްގެ ގޮތުގައި ހިފަހައްޓާ ނަމަ ބޭޒާރުވެދާނެތީ ބިރުގަންނާކަށް ނުޖެހޭނެއެވެ! އެކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ. 

ކިތަންމެ އެކުވެރިކަމުގައި އުޅުނު ނަމަވެސް އެއްވެސް މީހެއްގެ ހިތެއް ނުއެނގޭނެއެވެ. ކިތަންމެ އެކުވެރި ނަމަވެސް ގިނަވާނީ ހަމަ ފުރުޞަތަކަށް ބަލަބަލައި ތިބޭ މީހުންނެވެ! ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ ފުރުޞަތު ނުދިނުމެވެ. މާނައަކީ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ސިއްރުތައް އެންމެ ބާރުމިނުގައި ހިފެހެއްޓުމެވެ. ހަމަ އެކަކާއިވެސް ޙިއްޞާ ނުކުރުމެވެ. 

މިހެން ބުނުމުން ބައެއް މީހުން ކުޑަކޮށް ހިތް ހަމަވެސް ނުޖެހިދާނެއެވެ. ނަމަވެސް މިއަދު ހަޤީޤަތަކީ އަމިއްލަ ޢާއިލާއަށްވެސް އިތުބާރުކުރެވެން ނެތްކަމެވެ. ހަމަ ފުރުޞަތަށް ބަލަބަލައި ތިބޭ ކަމެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ ތިމާގެ ފިރިމީހާ ޖަހައިގަންނަކަން މިކަމުގެ ހެއްކަކަށް ނުފުދޭ ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟ 

މިކަންކަމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. ޢާއިލީ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. އެކަން ކޮށްދޭނެ ބައަކު ދުރަކުން ނުއަންނާނެއެވެ.

މިއަދު އޮންލައިން